އެއާޕޯޓު ސްޓާފަށް ހަމަލާދިނީ އެކްސެސް ބެގޭޖް ފީ ދައްކަން ޖެހިގެން

މަންޒަރުދުއް މީހަކު ފޭސްބުކުގައި ކުރި ކޮމެންޓެއްގައި ބުނީ އެ ހަމަނުޖެހުން ހިނގީ، ފަސިންޖަރު ގެންދިޔަ ދާގީނާ ބަރުވެ އެކްސެސް ބެގޭޖް ފީގެ ގޮތުގައި 30 ޑޮލަރު ދައްކަން ޖެހިގެން ކަމަށެވެ.

(މ) އެއާޕޯޓުގައި ހަމަނުޖެހުން ހިންގި ފިރިހެން މީހާ -- ސްކްރީންޝޮޓް

މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހުރި ފަސިންޖަރަކު މާރާމާރީ ހިންގީ އޭނާ އުފުލި ދާގީނާ ބަރުވެ، އެކްސެސް ބެގޭޖް ފީ ދައްކަން ޖެހިގެންކަން އެނގިއްޖެ އެވެ. 

މި ހާދިސާ ހިނގި ވަގުތު މަންޒަރުދުއް މީހަކު ކިޔައިދިން ގޮތުގައި، ފަސިންޖަރު ރުޅިގަދަވެ މާރާމާރީ ހިންގާފައި ވަނީ އެއާލައިނުން ކަނޑައަޅާފައިވާ މިންވަރަށްވުރެ ލަގެޖު ބަރުވުމުން 30 ޑޮލަރު އިތުރަށް ދައްކަން ޖެހިގެންނެވެ. 

އެ ފައިސާ ދައްކަން ޖެހިގެން ފަސިންޖަރު ރުޅިގަދަވާން ފެށުމުން، އެއާޕޯޓުގެ މުވައްޒަފުން އޭނާއާ ވާހަކަ ދައްކަމުން ދިޔައީ ރީތިކޮށް ކަމަށާއި، އެދެމުން ދިޔައީ އެކަން ހައްލުކުރުމަށް ވާހަކަދެއްކުމަށް އެއްފަރާތަކަށް ޖެހުމަށް ކަމަށް އޭނާ ކިޔައިދިނެވެ. ކަން ހިނގާ ދިޔަ ގޮތް އޭނާ ވަނީ އަމިއްލަ ފޭސްބުން އެކައުންޓުން ޕޯސްޓް ވެސް ކޮށްފަ އެވެ.

"ބައެއް ގައުމުތަކުގައި މިގޮތަށް އަމަލުކުރާ ފަސިންޖަރުންނާ މެދު އެއާޕޯޓު ސެކިއުރިޓީންނާއި ފުލުހުން ބާރުގެ ބޭނުން ކުރޭ. އެކަމަކު ދިވެހި ފުލުހުންނާއި ސިފައިން އެފަދަ އެއްވެސް ކަމެއް ނުކުރާތީ ކަންބޮޑުވޭ" މަންޒަރުދުއް މީހާ އޭނާގެ ހިޔާލު އޮތްގޮތް ކިޔައިދިނެވެ. 

ހަމަނުޖެހުން ހިންގި މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. 

ސޯޝަލް މީޑިއާގައި މިއަދު ހެނދުނު ދައުރުވާން ފެށި ވީޑިއޯއަކުން ފެންނަނީ ފަސިންޖަރަކު، އެއާޕޯޓުގެ ރޭމްޕް ޖެކެޓުގައި ހުރި މުވައްޒަފަކަށް ހަމަލާދޭ މަންޒަރެވެ. ވީޑިއޯއިން ފެންނަ ގޮތުގައި، ޒުވާބެއްގެ ތެރެއިން ފަސިންޖަރު ވަނީ މުވައްޒަފުގެ މޫނު މަތީގައި ވަރަށް ބާރަށް ޖަހައި އޭނާ ބިންމައްޗަށް ވައްޓާލާފަ އެވެ.

އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންތަކަކާއި، އެއާޕޯޓުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންތަކެއް އޭނާ ހިފެހެއްޓުމަށް މަސައްކަތް ކުރަނިކޮށް، ދެވަނަ މީހަކަށް ހަމަ އެގޮތަށް ހަމަލާދިން މަންޒަރު ފެނެ އެވެ. އަދި އެއަށް ފަހު ދުރަށް ޖައްސާފައި ވަނީ ފުރަން ގޮސް ހުރި އެހެން ފަސިންޖަރެކެވެ.

މައުލޫމާތު އެނގޭ މީހަކު "މިރާ"އަށް ބުނީ ފަސިންޖަރު ފުރަތަމަ ހަމަލާދިނީ އިއްތިހާދު އެއާވޭސްގެ މުވައްޒަފަކަށް ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި އެއްވެސް ރަސްމީ އިދާރާއަކުން އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.