ރިޓަޔާ ކުރެއްވި އަބްދުއްރަހީމް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް

ސިފައިންގެ ގަވާއިދު ބުނާ ގޮތުން ހިދުމަތުގައި ދެމި ހުރެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ. އަބްދުއްރަހީމަށް 60 އަހަރު ފުރިވަޑައިގަތުމާއެކު މިދިޔަ މަހުގެ 17 ވަނަ ދުވަހު ވަނީ ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފަ އެވެ.

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފް: ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ވަނީ ދީފައި --

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނަވައި ރިޓަޔާ ކުރެއްވި ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމް ދީފި އެވެ.

ސިފައިންގެ ގަވާއިދު ބުނާ ގޮތުން ހިދުމަތުގައި ދެމި ހުރެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ. އެހެންވެ، އަބްދުއްރަހީމަށް 60 އަހަރު ފުރިވަޑައިގަތުމާއެކު މިދިޔަ މަހުގެ 17 ވަނަ ދުވަހު ވަނީ ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފަ އެވެ. 

އަބްދުއްރަހީމަށް ސްޓޭޓް މިނިސްޓަރުކަން ދީފައިވާކަން އެނގުނީ އިއްޔެ ފޮރިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓަކުންނެވެ. މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގައި ސްޓޭޓް މިނިސްޓަރެއްގެ ހައިސިއްޔަތުން އޭނާ ބައިވެރިވެވަޑައިގަންނަވާފައިވާ ކަމަށް އެ ޕޯސްޓްގައިވެ އެވެ.

ސްޓޭޓް މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ އިއްޔެ ބައްދަލުކުރެއްވީ އެމެރިކާގެ މޮންޓާނާ ސްޓޭޓްގެ ނޭޝަނަލް ގާޑްސްގެ އިސްވެރިންނާ އެވެ. މި ބައްދަލުވުމުގައި ރާއްޖެ އާއި އެމެރިކާގެ ސަލާމަތީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ތުރުކީވިލާތަށް ރާއްޖޭން ކަނޑައަޅާ ފުރަތަމަ ސަފީރު ކަމުގެ މަގާމު އޭނާއަށް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.