ކުރިއަށް އޮތް ހަތަރު މަހު ބޮޑު ބަޔަކަށް އާންމުކޮށް ވާރޭވެހޭ މިންވަރު އިތުރުވާނެ: މެޓް

"...ރާއްޖޭގެ ހުރިހައި ސަރަޙައްދެއްގައި ވެސް މިދުވަސްވަރު ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރުވެސް އާންމު މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ،"

މާލެއަށް ވާރޭ ވެހެމުން ދިޔަ ވަގުތެއް؛ ކުރިއަށް އޮތް ހަތަރު މަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ބުނޭ -- ފޮޓޯ: ދަ މިރާ

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް އާންމުކޮށް ވާރޭވެހޭ މިންވަރު އިތުރުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ބުނެފި އެވެ. 

މެޓް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް އާންމުކޮށް ވާރޭ ވެހޭ މިންވަރު އިތުރުވާނެ ކަމަށެވެ. ނަމަވެސް ދެކުނުގެ ހިސާބުތަކަށް މި ދުވަސްވަރި ވާރޭވެހޭނީ އާންމުކޮށް ވެހޭވަރަށްވުރެ މަދުން ކަމަށް މެޓުން ބުނެ އެވެ. 

"...ރާއްޖޭގެ ހުރިހައި ސަރަޙައްދެއްގައި ވެސް މިދުވަސްވަރު ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރުވެސް އާންމު މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ،" މެޓް އޮފީހުގެ ބަޔާނުގައި ބުނެ އެވެ. 

އާންމުކޮށް ވާރޭވެހޭ މިންވަރު މިންކުރާ ގޮތް:

އާންމުކޮށް ވާރޭވެހޭ މިންވަރުގެ 90 ޕަސެންޓާއި 110 ޕަސެންޓަކީ އެވްރެޖްކަމަށް ކަނޑައަޅާފައިވާ މިންގަނޑެވެ. އޭގެ 110 ޕަސެންޓަށްވުރެ އާންމުކޮށް ވާރޭވެހޭ މިންވަރު އިތުރުނަމަ އެއީ ވާރޭވެހޭ މިންވަރު އިތުރުވުމެވެ. އަދި 90 ޕަސެންޓަށް ވުރެ މަތި ނޫން ނަމަ އެއީ ވާރޭވެހޭ މިންވަރު ދަށްވުމެވެ. 

މިފަހަކަށް އައިސް ރާއްޖޭގެ މޫސުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން ހޫނު ދުވަސްވަރު، ރެކޯޑް މިންވަރަށް ހޫނުވުމާއި، އާންމުކޮށް ވާރޭވެހޭ މިންވަރު އިތުރުވުމާއި، އާންމުކޮށް ވިއްސާރަ ނޫން ދުވަސްވަރު ވިއްސާރަވުން ފަދަ ކަންކަން ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.