ރަފާހްއަށް އެރުން ހުއްޓުވަން ރާއްޖޭން ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ގޮވާލާ ކުއްލި މައްސަލައެއް

ފަލަސްތީނުގެ ހަމާސް ޖަމާއަތް އެއްކޮށް ނައްތާލަން ޖެހޭ ކަމަށް ބުނެ ޔަހޫދީންގެ ގައިރު ގާނޫނީ ދައުލަތުން ރަފާހް އަށް އެއްގަމު މަގުން އަރާނެ ކަމަށް ވަނީ އިއުލާން ކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް --

ފަލަސްތީނުގެ ގާޒާ ސިޓީގެ އިރުމަތީން އޮންނަ ރަފާހްއަށް އަރާނެ ކަން އިޒްރޭލުގެ ޔަހޫދީން އިއުލާނުކޮށްފައިވާތީ އެކަމާ ދެކޮޅަށް ރާއްޖޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބް ރައީސް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. މައްސަލަ ހުށަހަޅުއްވަމުން ސަލީމް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޖަރީމާތައް އިތުރުވެފައިވާ މިދަނޑިވަޅުގައި، ބައިނަލްއަގްވާނީ ގާނޫނުތަކާއި އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގެ އެތައް މިލިއަން ބައެއްގެ އާދޭހާ ދެކޮޅަށް ރަފާހްއަށް އެރުވަމީ މުޅި ދުނިޔެ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެއްވެސް ހަމައެއް ލަމައެއްނެތި ޔަހޫދީ ސިފައިން ރަފާހްއަށް އަރަން ތައްޔާރުވަމުން ދާއިރު، އެއީ އެތާ ދިރިއުޅޭ އެތައް ސަތޭކަ މީހުންނަށް އޮތް ނުރައްކަމެއް ކަމަށާއި އެތަނުގައި ގަތުލްއާންމެއް ހިނގައިދާނެ ކަމުގެ ބިރު އުފެދިފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

"އިޒްރޭލުން ހިންގަން މިއުޅޭ ޖަރީމާއަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމެއްކަން ހާމަކޮށް އަދި އިޒްރޭލު ސިފައިން ރަފާހްއަށް އެރުން ހުއްޓުވުމަށް ރާއްޖޭގެ ފެންވަރުގައި ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ދިވެހި ސަރުކާރަށް ގޮވާލަން [ހުށަހެޅި މައްސަލައެއް]،" ސަލީމް ވިދާޅުވި އެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތް އެއްކޮށް ނައްތާލަން ޖެހޭ ކަމަށް ބުނެ ޔަހޫދީންގެ ގައިރު ގާނޫނީ ދައުލަތުން ރަފާހް އަށް އެއްގަމު މަގުން އަރާނެ ކަމަށް ވަނީ އިއުލާން ކޮށްފަ އެވެ. އެމީހުން ބުނަމުން ދަނީ ސުލްހަ ބޭނުން ނުވާ ކަމަށެވެ. އަދި، ރަފާހްއަށް ވައިގެ މަގުން ހަމަލާތަކެއް ދީ، ފަސް މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ.

ހަމަލާ ދީފައި ވަނީ ހަމާސްއިން ހަމަލާތައް ހުއްޓާލަން އެއްބަސްވެފައި ވަނިކޮށެވެ.

ސަލީމް ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ވަނީ ބަލައިގެންފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.