އެއާޕޯޓް ސްޓާފަކަށް ހަމަލާދީ، ހަމަނުޖެހުން ހިންގި ބިދޭސީއެއް ހައްޔަރުކޮށްފި

މައުލޫމާތު އެނގޭ މީހަކު "މިރާ"އަށް ބުނީ ފަސިންޖަރު ފުރަތަމަ ހަމަލާދިނީ އިއްތިހާދު އެއާވޭސްގެ މުވައްޒަފަކަށް ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން ވެސް ހާމައެއް ނުކުރެ އެވެ.

(މ) އެއާޕޯޓުގައި ހަމަނުޖެހުން ހިންގި ފިރިހެން މީހާ -- ސްކްރީންޝޮޓް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހަމަނުޖެހުން ހިންގި ފަސިންޖަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. 

ސޯޝަލް މީޑިއާގައި މިއަދު ހެނދުނު ދައުރުވާން ފެށި ވީޑިއޯއަކުން ފެންނަނީ ފަސިންޖަރަކު، އެއާޕޯޓުގެ ރޭމްޕް ޖެކެޓުގައި ހުރި މުވައްޒަފަކަށް ހަމަލާދޭ މަންޒަރެވެ. ވީޑިއޯއިން ފެންނަ ގޮތުގައި، ޒުވާބެއްގެ ތެރެއިން ފަސިންޖަރު ވަނީ މުވައްޒަފުގެ މޫނު މަތީގައި ވަރަށް ބާރަށް ޖަހައި އޭނާ ބިންމައްޗަށް ވައްޓާލާފަ އެވެ. 

އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންތަކަކާއި، އެއާޕޯޓުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންތަކެއް އޭނާ ހިފެހެއްޓުމަށް މަސައްކަތް ކުރަނިކޮށް، ދެވަނަ މީހަކަށް ހަމަ އެގޮތަށް ހަމަލާދިން މަންޒަރު ފެނެ އެވެ. އަދި އެއަށް ފަހު ދުރަށް ޖައްސާފައި ވަނީ ފުރަން ގޮސް ހުރި އެހެން ފަސިންޖަރެކެވެ. 

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އެއާޕޯޓުގައި މާރާމާރީ ހިންގި ކަމަށް ބެލެވޭ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. 

މައުލޫމާތު އެނގޭ މީހަކު "މިރާ"އަށް ބުނީ ފަސިންޖަރު ފުރަތަމަ ހަމަލާދިނީ އިއްތިހާދު އެއާވޭސްގެ މުވައްޒަފަކަށް ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން ވެސް ހާމައެއް ނުކުރެ އެވެ.

މީގެ ކުރިން ވެސް އެއާޕޯޓުގައި، ފްލައިޓް ޑިލޭ ވުމާއި، އެކި ސަބަބުތަކާ ހުރެ ޗެކިން ނުވެވުން، އަދި އުފުލާ މުދަލާ ގުޅުންހުރި މައްސަލަތައް ފަދަ ކަންކަމުގައި ފަސިންޖަރުން އެއާޕޯޓުގެ މުވައްޒަފުންނަށް ހަމަލާދޭން އުޅެފައި އެބަހުއްޓެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.