ހަމަލާތައް ހުއްޓާލަން ހަމާސް ޖަމާއަތުން އެއްބަސްވެއްޖެ

ހަމާސް ޖަމާއަތުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމުން ޣައްޒާގެ އެކި ހިސާބުތަކުގައި އާއްމުން ދަނީ އުފާ ފާޅުކުރަމުން ނެވެ.

ސުންނާފަތިވެފައިވާ ޣައްޒާގެ އިމާރާތްތަކުގެ ކައިރީން ކުޑަ ކުއްޖަކު ހިނގާފައި ދަނީ

މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހު ފެށި ތޫފާނުލް އަގްސާގެ ޖިހާދުގައި ފަލަސްތީނުގެ ބިންތައް ހިފައިގެން ތިބި ޒައިނިސްޓް ޔަހޫދީ ހަނގުރާމަވެރިނާއި އެ ގައުމުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ މެދުގައި ޣައްޒާގައި ބަދަލުކުރެވެމުންދާ ހަމަލާތައް ހުއްޓާލުމަށް ހަމާސް ޖަމާއަތުގެ އެއްބަސްވެއްޖެ އެވެ.

މިސްރާއި ގަތަރުގެ ސުލްހައިގެ މަންދޫބުން ހުށައަޅާފައިވާ ގޮތަށް ހަމާސް އިން ވަނީ ހަމަލާތައް ހުއްޓާލުމަަށް އެއްބަސްވެ އެކަން މިސްރަށް އަންގައިފަ އެވެ.

މަސްރަހް ދިރާސާކުރާ މުހައްލިލުން ދެކެވަޑައިގަންނަވާ ގޮތުގައި ހަމާސްގެ މި އެއްބަސްވުމުގެ ސަބަބުން ޔަހޫދީ ޒައިނިސްޓް ހަނގުރާމަވެރިން ލީޑަރު ނަތަންޔާހޫ އަށް ޔަހޫދީންގެ އެތެރޭގެ ފިއްތުންތަކާއި ކުރިމަތިލާން ޖެހޭނެ އެވެ. އަދި ހަނގުރާމަ ހުއްޓާލުމަށް އިންކާރު ކުރާ ބަޔަކީ ހަމާސް ކަމަށް ނަތަންޔާހޫ ދައްކަން ބޭނުންވި ތަސައްވަރު ދެނެއް އިތުރަކަށް ނުދެއްކޭނެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިސްރުން ހުށައަޅާފައި ވަނީ ހަތަރު މަސް ދުވަހަށް ހަމަލާތައް ހުއްޓާލުމަށެވެ.

ހަމާސް ޖަމާއަތުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމުން ޣައްޒާގެ އެކި ހިސާބުތަކުގައި އާއްމުން ދަނީ އުފާ ފާޅުކުރަމުން ނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.