ފުލުހަކާމެދު ޝަކުވާއެއް ވާނަމަ ހުށައަޅަން އެދިއްޖެ

ޝިފާން ވިދާޅުވީ ފުލުހުންނާއި މެދު ކުރެވޭ ޝަކުވާތައް ތަހުގީގު ކުރާ ބަހާއިން މި މައުލޫމާތު ޔަގީން ކޮށް މިކަން ބެލުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މައި އިދާރާ

ފުލުހަކާއި މެދު ޝަކުވާއެއް ވާނަމަ ސީދާ ފުލުހުންނަށް އެކަމެއް ހުށައަޅައިގެން ހައްލު ކުރުމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން މިކަމަށް އެދިފައި ވަނީ ފުލުހުންގެ އިންސްޕެކްޓަރަކު ކޮލެޖެއް ގައި ކިޔަވާ ދަރިވަރަކު ބްލެކް މެއިލް ކުރާ ކަމަށް ތުހުމަތުކޮށް މީހަކު ކުރި ޕޯސްޓަކާއި ގުޅިގެންނެވެ. އެ އިންސްޕެކްޓަރުގެ ފޮޓޯ ވެސް ހިއްސާކޮށް އެ މީހާ ވަނީ އެ އިންސްޕެކްޓަރު ކޮލެޖެއް ގައި ކިޔަވަމުންދާ ދަރިވަރަކު ބްލެކް މެެއިލްކޮށް ފައިސާ ހޯދަމުންދާ ކަމަށެވެ. އެ މައްސަލަ ބެލޭނެ އިދާރާއެއް އެބަހުރިތޯ ސުވާލުކޮށްފައިވެ އެވެ.

އެމީހާގެ ޕޯސްޓަށް ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ ފުލުހުންނާއި މެދު ކުރެވޭ ޝަކުވާތައް ތަހުގީގު ކުރާ ބަހާއިން މި މައުލޫމާތު ޔަގީން ކޮށް މިކަން ބެލުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. އަދި އެދިވަޑައިގަތީ ފުލުހަކާއި މެދު ޝަކުވާއެއް ވާނަމަ ސީދާ ފުލުހުންނަށް އެކަމެއް ހުށައަޅައިގެން ހައްލު ކުރުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.