ދީނުގެ ބައެއް ހުކުމްތަކަށް ފުރައްސާރަ ކޮށް ޖޯކަކަށް ހަދާފައިވެސް ވެ އެވެ.
އެ މީހާގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނީ އެމީހާ ދީނަށް ފުރައްސާރަކޮށް ކޮށްފައިވާ ޕޯސްޓްތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް އެ މައްސަލަ ބަލަން އެދެމާއި ގުޅިގެންނެވެ. ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ ދީނަށް ފުރައްސާރަކޮށް ޕޯސްޓްތައް ކުރަމުންދާ އެކައުންޓްގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.
ދީނަށް ފުރައްސާރަކޮށް އެކި ކަހަލަ ޕޯސްޓްތައް ކުރަމުންދާ އެ މީހާ ވަނީ އިންސާނާ ދުނިޔެއަށް އަންނަ ގޮތާމެދު ސުވާލު އުފައްދާ މުސްލިމުންގެ އަގީދާއާ ހިލާފު ވާހަކަތަކެއް ދައްކާފަ އެވެ. ދީނުގެ ބައެއް ހުކުމްތަކަށް ފުރައްސާރަ ކޮށް ޖޯކަކަށް ހަދާފައިވެސް ވެ އެވެ.