ބޭންކުން ގެދޮރު ހަދަން ލޯނާއި ފައިނޭންސިން | ރަހުނަކާ ނުލައި މިލިއަނެއް

މި ޕްރޮޑަކްޓް އޮތް ގޮތުން ހޯމް އިކުއިޓީ ލޯނާއި ފައިނޭންސިންގެ ގޮތުގައި 50،000 ރުފިޔާއިން މަތިން ނެގޭނެ އެވެ.

ރާއްޖޭގެ ގައުމީ ބޭންކް

ގެދޮރުގެ ޑިމާންޓް އިންތިހާ އަށް މަތިވެއްޖެ އެވެ. ގެދޮރު ހަދަން ބޭނުންވާ މީހުން ގިނަ ވެއްޖެ އެވެ. އެކަމަށް ބަލައި ގައުމީ ބޭންކުން މިއަދު ވަނީ އައު ލޯނާއި ގެދޮރު ހަދަން އިސްލާމިކް ފައިނޭންސިނެއް ތައާރަފު ކޮށްފަ އެވެ.

ބޭންކުން މިއަދު ތައާރަފު ކުރި ހޯމް ބިލްޑް ލޯނާއި ފައިނޭންސިން މެދުވެރިކޮށް ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާ 
ހޯމް އިކުއިޓީ ލޯނާއި ފައިނޭންސިންގެ ގޮތުގައި 50،000 ރުފިޔާ އިން ފެށިގެން މަތީގެއަދަދު ދޫކުރެވޭނެ އެވެ.

އަލަށް ތައާރަފްކުރި ހޯމް ބިލްޑް ލޯން ފަރުމާކޮށްފައިވަނީ އެއްވެސް ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާއާ ހަމަޔަށް އަމިއްލަ ފަރުދުންނަށް ލޯނު ނެގޭނެ އެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭއިރު މިއީ ގެދޮރު މަރާމާތުކުރުމަށާއި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް ގެދޮރު އެޅުމަށް އެކަށީގެންވާ ޕްރޮޑަކްޓެކެވެ. 

މީގެ އިތުރުން ކުރިން ހޯމް ލޯނާއި ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް އަމާޒުކޮށް ބޭންކުން ވަނީ ހޯމް އިކުއިޓީ ލޯން ތައާރަފްކޮށްފަ އެވެ. 

އަލަށް ތައާރަފްކުރި މި ލޯނު މެދުވެރިކޮށް ކަސްޓަމަރުން ނަގާފައިވާ ލޯނަށް ދައްކާފައިވާ އަދަދާ ހަމަޔަށް ލޯނު ދޫކުރެވޭނެ އެވެ. މިގޮތުން ހޯމް އިކުއިޓީ ލޯނަކީ 50،000 ރުފިޔާއަށް ވުރެ މަތީ އަދަދަކުން ލޯނު ނަގާ ފަރާތްތަކަށް ދޫކުރާ
ލޯނެކެވެ. މި ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. 

ވަކި ފަރުދުންނަށް ދޫކުރާނީ ކިހާވަރެއްގެ ހޯމް ބިލްޑް ލޯނެއް؟

މި ލޯނު އެންމެ ގިނައިން ދޫކުރާނީ ޕްރޮޖެކްޓަކަށް އެއް މިލިއަން ރުފިޔާ އެވެ. ލޯނުގެ އަދަދު ކަނޑައަޅާނީ ލޯނު ދެއްކުމުގެ ގާބިލްކަމުގެ މައްޗަށެވެ. ހޯމް ބިލްޑިން އެންމެ މަދުން ނެގޭނީ ބައި ލައްކަ އެވެ. މި ލޯނުގެ ގްރޭސްޕީރިއަޑަކީ އެއް އަހަރެވެ. 

ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލު ވިދާޅުވީ މިއީ މުޅި ރާއްޖޭގައި ތިބި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިނޭންސިން ލިބޭނެގޮތް މަގު ފަހިކޮށްދިނުމަށް ތައަރަފްކުރި ޕްރޮޑަކްޓްތަކެއް ކަމަށެވެ. 

"އަލަށް ތައާރަފްކުރި ހޯމް ބިލްޑް ލޯނު ނަގަން އިތުރު ރަހުނެއް ބޭނުންނުވާއިރ،ު ކަސްޓަމަރުންނަށް މިހާރުގެ މާކެޓްގައި އެންމެ ރަނގަޅު އަގުގައި ގެދޮރު ހެދުމާއި މަރާމަތުގެ މަސައްކަތް ކުރެވޭނެ. އަޅުގަނޑުމެން މި ދޫކުރާ ހޯމް އިކުއިޓީ ލޯނުން މިހާރު ހޯމް ފައިނޭންސިންގ ނަގާފައިވާ ކަސްޓަމަރުންނަށް 10 ޕަސެންޓުގެ ރޭޓުގައި ލޯނު ލިބޭނެ،" ނިމާލް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.