ކުރިއަށް އޮތް ހަތަރު މަހު އުތުރަށް ވާރޭވެހުން އިތުރުވާނެ، ދެކުނަށް މަދުވާނެ: މެޓް

ޖޫން، ޖުލައި، އޮގަސް އަދި ސެޕްޓެންބަރު ގައި އުތުރާއި މެދު އަތޮޅުތަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެންމެ ފަހުން މާލެ ސިޓީއަށް ވާރޭވެހުނު ދުވަހު ފެންބޮޑުވެފައި

ކުރިއަށް އޮތް ހަތަރު މަސް -- ޖޫން، ޖުލައި، އޮގަސް އަދި ސެޕްޓެންބަރު ގައި އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު ވަނީ ކުރިއަށް އޮތް ހަތަރު މަހަށް މޫސުން ލަފާ ކުރާ ގޮތުގެ ތަފްސީލް ހިމެނޭ ލިޔުމެއް އާންމުކޮށް ފައެވެ. އެ އޮފީހުން ބުނީ ޖޫން، ޖުލައި، އޮގަސް އަދި ސެޕްޓެންބަރު ގައި އުތުރާއި މެދު އަތޮޅުތަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި ރާއްޖޭގެ ދެކުނަށް މި ދުވަސްވަރު ވާރޭވެހޭނީ އާންމުކޮށް ވެހޭ މިންވަރަށް ވުރެ މަދުންނެވެ. 

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މި ދުވަސްވަރު ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރު ވެސް އާންމު މިންވަރަށް ވުރެ މަތިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުންޏެވެ.

މިއީ ވެސް މުޅި ރާއްޖެއަށް ވަރަށް ހޫނު ދުވަސްވަރެކެވެ. މިދިޔަ ދެ މަހަކީ ހޫނުކަން ވަރަށް ގަދަ އިހްސާސް ކުރެވޭ ހޫނު މިންވެސް ވަރަށް ބޮޑަށް މައްޗަށް ދިޔަ ދެ މަހެވެ. ދޭތެރެ ދޭތެރެއިން ވަރަށް ބޯކޮށް ވާރޭވެސް ވެހުނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.