ހަ ވަޒީރަކު މި މަހު ބޭރަށް ވަޑައިގަންނަވާނެ

ޒީރުންގެ ދަތުރު ލިސްޓް ގައި މިވަގުތު ހިމެނިފައި ނެތަސް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މި މަހު އިންޑިއާ އަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.

އެކި ބައްދަލްވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް މި މަހު ރާއްޖެ އިން ބޭރަށް ވަޑައިގަންނަވާ ވަޒީރުން

ބައިނަލްއަގްވާމީ އެކި ބައްދަލްވުންތަކާއި ކޮންފަރެންސްތަކުގައި ބައިވެރިވެވަޑައިގަތުމަށް ހަ ވަޒީރަކު މި މަހު އެކި ގައުމުތަކަށް ވަޑަައިގަންނަވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހަވީރު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމު ގައި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ހަ ވަޒީރަކު މި މަހު އެކި ގައުމުތަކަށް ވަޑަައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ ބައިނަލްއަގްވާމީ އެކި ބައްދަލްވުންތަކާއި ކޮންފަރެންސްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުތަކެއް ކަމަށް ވިދާޅުވި އެވެ.

އެ ދަތުރުފުޅުތަކުގެ ބައެއް މައުލޫމާތު ވެސް ހީނާ ދެއްވި އެވެ.

  •  ޔޫއޭއީ - މިނިސްޓަރު އިބްރާހިމް ފައިސަލް (އަރަބި ޓްރެވަލް މާކެޓް)
  •  ލަންޑަން - މިނިސްޓަރު މުހައްމަދު ސައީދު (ފައިނޭންޝިއަލް ސާވިސް ބައްދަލްވުން)
  •  ލަންޑަން - މިނިސްޓަރު އިސްމާއީލް ޝަފީއު (ކޮމަންވެލްތް އެޑިއުކޭޝަން މިނިސްޓަރާސް ކޮންފަރެސް)
  •  ގަތަރު - މިނިސްޓަރު އަލީ އިހްސާން (ގްލޯބަލް ސެކިއުރިޓީ ފޯރަމް)
  •  އުޒްބެކިސްތާނު - މިނިސްޓަރު އަބްދުﷲ ރާފިއު (ސްޕޯޓްސް މިނިސްޓަރުންގެ ބައްދަލްވުން)
  •  ބެންކޮކު - ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް - (ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް)

މި ބައްދަލްވުންތަކުގެ ތެރެއިން މިނިސްޓަރު ސައީދު ލަންޑަށް ކުރައްވާ ދަތުރުފުޅު ގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާނީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސްގެ މަގުސަދުތައް ހާސިލު ކުރުމަށް ކަމަށާ އެ ގޮތުން މާލީ އިދާރާތަކުގެ ވެރީންނާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ވަޒީރުންގެ ދަތުރު ލިސްޓް ގައި މިވަގުތު ހިމެނިފައި ނެތަސް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މި މަހު އިންޑިއާ އަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށާ އެ ދަތުރުފުޅުގެ ތަފްސީލް ފޮރިން މިނިސްޓްރީން ހާމަ ކުރައްވާނެ ކަމަށް ހީނާ ވިދާޅުވި އެވެ. މީގެ އިތުރުން އެހެން ވަޒީރުންގެ ދަތުރުފުޅުތަކާއި ގުޅޭ ތަފްސީލު ވެސް އެ މިނިސްޓްރީ އަކުން ހާމަ ކުރަމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ.

މިއީ ބޭރު ގައުމުތަކަށް ވަޒީރުން ކުރައްވާ ދަތުރުފުޅުތަކުގެ މައުލޫމާތު މިގޮތަށް ދުރާލާ ހާމަކުރަން ފެށި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.