އެންމެނަަށް ރައީސާ ސުވާލު ކުރުމުގެ ފުރުސަތު، މައުލޫމާތު ހޯދޭނެ ފަހި ގޮތްތަކެއް

ރައީސާއި ސުވާލު ކުރައްވަން ބޭނުން ކޮންމެ މީހަކަށް ވީޑިއޯ މެދުވެރިކޮށް ސުވާލު ފޮނުވޭނެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރ. ދުވާފަރުގައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ސުވާލު ކުރައްވަން ބޭނުންވާ ވީހާވެސް ގިނަ ބަޔަކަށް ފުުރުސަތު ދިނުމަށް ވީޑިއޯ ސުވާލު ފޮނުވޭނެ ނިޒާމެއް ގާއިމު ކުރުމާއި ކެބިނެޓް ބައްދަލްވުންތަކުގެ މައުލުމާތު ފަސޭހަ އިން ފެންނާނެ ގޮތެއް ހެދުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފަށައިފި އެވެ.

ރައީސް މުއިއްޒު މީގެ ކުރީން ވަނީ "ރައީސްގެ ޖަވާބު" ނަމުގައި ސިލްސިލާ އެއް ކުރިއަށް ގެންދަވާފައެވެ. އެ ސިލްސިލާ ގައި އާންމުން ބޭނުންވާ ވަރަށް ގިނަ ސުވާލުތަކަށް އެމަނިކުފާނު ޖަވާބު ދެއްވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވީ އެ ސިލްސިލާ އަށް އެ އޮފީހުން މިހާރު މަސައްކަތް ކުރަމުން ދަނީ ވީހާވެސް ގިނަ ބަޔަކަށް ސުވާލު ކުރެވޭނެ ފުރުސަތު ތަނަވަސް ކޮށް ދިނުމަށް ކަމަށެވެ. އެ ގޮތުން ރައީސާއި ސުވާލު ކުރައްވަން ބޭނުން ކޮންމެ މީހަކަށް ވީޑިއޯ މެދުވެރިކޮށް ސުވާލު ފޮނުވޭނެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މުއިއްޒުގެ ސަރުކާރުގެ ކެބިނެޓް ބައްދަލްވުންތަކުގެ ނިންމުންތައް ފެންނާނެ ގޮތެއް ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ހީނާ ވިދާޅުވީ މިއީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ދިނުމުގެ މަގުސަދުގައި ކުރަން ރާވާފައިވާ ކަމެއް ކަމަށެވެ.

އަދި ކެބިނެޓް ބައްދަލްވުންތަކުގެ މައުލޫމާތު ލިބޭނެ ފަހި ގޮތެއް ނެތް މި ވަގުތު ނެތުމަކީ ނޫސްވެރީންނާއި މީޑިއާތަކަށް އޮތް ދައްޗެއް ކަމުން އެކަމަށް ހައްލު ހޯދާ ދިނުމަކީ ވެސް މިކަން ކުރުމުގެ މަގުސަދެއް ކަމަށެވެ.

މީގެ އިތުރުން ހުރިހާ އޮފީސްތަކާއި ކުންފުނިތަކުން ހިންގާ ކަންކަމާއި މައުލޫމާތު އެއް ތަނަކުން ފެންނާނެ ނިޒާމެއް ގާއިމު ކުުރުމުގެ މަސައްކަތް ވެސް ސަރުކާރުން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މި މަަސް ނިމުމުގެ ކުރީން މި ނިޒާމު ވެސް ތިބޭފުޅުންނާ ހަމައަށް ގެނެސްދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ވާހަކަ ދަންނަވަން،" ހީނާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.