ތިން ގައުމަކަށް ސަފީރުން އައްޔަނު ކުރަން ރުހުން ދީފި

މަޖިލީހުން މިއަދު ރުހުން ދީފައިވާ ބޭފުޅުންގެ ތެރޭގައި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބް ހިމެނިވަޑައިގަންނަވަ އެވެ.

ތިން ގައުމަކަށް ރާއްޖޭން ކަނޑައަޅާ ސަފީރުން އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

މަޖިލީހުން މިއަދު ރުހުން ދީފައިވާ ބޭފުޅުންގެ ތެރޭގައި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބް ހިމެނިވަޑައިގަންނަވަ އެވެ.

  •  ޑރ. ފަޒީލް ނަޖީބް - ޗައިނާ
  •  ޝިއުނީން ރަޝީދު - ބަންގްލަދޭޝް
  •  މުހައްމަތު ތޯހާ - ސައުދީ އަރަބިއްޔާ

ޗައިނާގެ ސަފީރު ކަމަށް ފަޒީލް އައްޔަނުކުރަން ރުހުން ދީފައި ވަނީ 55 މެމްބަރުންގެ އިއްތިފާގުންނެވެ. ޝިއުނީންއަށް 35 މެމްބަރުންގެ ވޯޓުން ރުހުން ދީފައިވާއިރު ތޯހާއަށް ރުހުން ދީފައި ވަނީ 33 މެމްބަރުންގެ ވޯޓުންނެވެ.

ޑރ. ފަޒީލަކީ ގަވަރުނަރުގެ މަގާމުގެ އިތުރުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ޝިއުނީން ބަންގްލަދޭޝްގެ ސަފީރު ކަމަށް އައްޔަނު ކުރަން ކުރީ ސަރުކާރުން ވެސް ފޮނުވި އެވެ. ނަމަވެސް ވެރިކަމުގެ ފަހު ދުވަސްކޮޅު ކަމުން ނަން އަނބުރާ ވަނީ ފޮނުވާލާފަ އެވެ.

މަޖިލީހުން ކުރީން ވަނީ އަށް ގައުމަކަށް ސަފީރުން އައްޔަނުކުރަން ރުހުން ދީފަ އެވެ. އޭގެ ތެރޭގައި އަވަށްޓެރި ގައުމުތަކާއި އދ. ގެ ދާއިމީ ބަންދޫބުން ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.