އިންމުގެ ވީޑިއޯއާއެކު ރައީސްގެ ނަސޭހަތެއް ؛ ނާޖައިޒް ފައިދާ ނަގަން ވީޑިއޯ އާއްމު ނުކުރޭ

ދީނީ ގޮތުންނާއި އިޖްތިމާއީ ގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ގާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖުތަމައުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫހު ނައްތާލުމަށް ވެސް އެޅޭ ހުރަހަކަށް ނޫނީ ނުވޭ

ރައީސް ޑރ. މުހައްމަދު މުއިއްޒު: މީހުންގެ ވީޑިއޯކޮށް ފަލީހަތް ކުރުމަކީ އަހުލާގީ ގޮތުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވަނީ ވިދާޅުވެފައި --

މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަގުސަދެއްގައި ވީޑިއޯކޮށް އާންމުންގެ ތެރޭގައި ފަލީހަތްކޮށް ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުށް ކުރާ މީހުންގެ ވީޑިއޯ އާންމުކޮށް އެމީހުން ފަލީހަތް ކުރުމަކީ އަހުލާގީ ގޮތުންނާއި އިޖްތިމާއީގޮތުން ބަލާއިރު އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

އަދި، ކުށް ކުރާ މީހުންނާމެދު ކަންކުރާނޭ ގޮތްތައް ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ކަމަށާއި އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ގާނޫނީ ނިޒާމު ގާއިމް ވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މިފަދަ ޕޯސްޓް ކުރެއްވީ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ކާރުކޮޅުގައި ޕިކަޕަކުން ޖެހި ހިނގައިދިޔަ އެކްސިޑެންޓާ ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) އެކަން ހައްލު ކުރައްވަން މަސައްކަތް ކުރައްވާ މަންޒަރު ފެންނަނަ ވީޑިއޯ ވަރަށް ބޮޑަށް ވައިރަލް ވެފައި ވަނިކޮށެވެ.

"ދީނީ ގޮތުންނާއި އިޖްތިމާއީ ގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ގާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖުތަމައުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫހު ނައްތާލުމަށް ވެސް އެޅޭ ހުރަހަކަށް ނޫނީ ނުވޭ،" ރައީސް ވިދާޅުވި އެވެ.

އާންމުވެފައިވަަ ވީޑިއޯގައި އިންމު ބާރު އަޅަނީ އިމްރާން، އެ ޕިކަޕު ޑްރައިވަރަށް މާފުކޮށް އެކަން ނިންމާލުމަށެވެ. އަދި ކާރު ހަދަން ފައިސާ ބޭނުންވާނަމަ އޭނާ އެކަން ކޮށްދޭނެ ކަމަށް ވެސް ވިދާޅުވެ އެވެ. އެ ވީޑިއޯގައި އިމްރާން އަދި އޭނާގެ އަނބިކަނބަލުން އެއްވެސް ބަހެއް ވިދާޅުނުވެ ތިއްބަވާ މަންޒަރު ފެނެ އެވެ.

އަދާލަތުން ބުނާގޮތުން މިއީ އެ ހާދިސާގައި ކުރީން ކަން ހިނގާދިޔަ ގޮތާއި އިމްރާނާމެދު އިންމު ކުރީން ބަަަސްމަގު ބޭނުން ކުރިގޮތް ބަދަލުކޮށް ކަން ހިނގާދިޔަ ގޮތް އޮޅުވާލުމަށް ކޮށްފައިވާ ވީޑިއޯ އެކެވެ.

ހާދިސާ ހިނގިތާ ދެ ދުވަސް ފަހުން ރައީސް އާންމު ކުރެއްވި މި މެސެޖުގައި ވިދާޅުވެފައި ވަނީ ހުރިހާ އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމައެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވުމަށެވެ.

މީހުންގެ ކުރާ އަމަލުތަކުގެ ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރުން ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. މިފަދަ ވީޑިއޯތައް ދައުރުވާލެއް ވެސް އަވަހެވެ. ހާދިސާއެއް ހިނގާ ވަގުތު ކޮންމެ މީހަކު ވެސް އެންމެ ފުރަތަމަ ކުރާ ކަމަކީ ފޯނު ނަގައި ވީޑިއޯ ކުރުމެވެ. ރައީސްގެ މިއަދުގެ މެސެޖުގައި ވަނީ އެގޮތަށް ކަން ނުކުރުމަށް ގޮވާލައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.