ފުލުހުންގެ ނަމުގައި ސްކޭމް ކޯލްތަކެއް، ސަމާލުވާން އެދިއްޖެ

ފުލުހުންގެ ނަމުގައި މި ކޯލްތައް ކުރަމުން ދަނީ ވަޓްސްއެޕް މެދުވެރިކޮށެވެ. ފުލުހުން ވަނީ މި ކޯލްތަކަށް ސަމާލްވުމަށް އިލްތިމާސްކޮށްފަ އެވެ.

ފުރާއްލުހުންގެ ސްޓޭޝަނެއް؛ ސްކޭމްކޯލްތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި -- ފޮޓޯ: ޔާމިން މުހައްމަދު/މިރާ

އޮޅުވާލައިގެން ފުލުހުންގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރާތީ ސަމާލުވާން ފުލުހުން އެދިއްޖެ އެވެ. 

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއިން ބޭރުގެ ނަންބަރުތަކެއް ބޭނުންކޮށްގެން ފުލުހުންގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަމުން އަންނަ ކަމަށެވެ. 

ރާއްޖެއިން ބޭރުގެ ނަންބަރުތައް ބޭނުންކޮށްގެން ފުލުހުން ނުގުޅާނެ ކަމަށާއި، އެކަމަށް ސަމާލުވުމަށް ޝިފާން އިލްތިމާސްކުރެއްވި އެވެ. 

ފަހަކަށް އައިސް ސްކޭމް ކޯލްތަކުގެ މައްސަލަތައް އިންތިހާއަށް ގިނަ އެވެ. ރާއްޖޭގެ އެކި ބޭންކުތަކުގެ ނަމުގައި އާއި، ސަރުކާރުގެ މުވައްސަސާތަކުގެ ނަމުގައި ސްކޭމް ކޯލްތައްކޮށް، އެކި ގޮތްގޮތުން ފައިސާ ފޭރުމަށް ބަޔަކު މަސައްކަތް ކުރެ އެވެ.

މިފަދަ ކޯލްތަކަށް ސަމާލުވެ ތިބުމަށް ކަމާ ގުޅޭ އިދާރާތަކުން ކެނޑިނޭޅި އަންނަނީ އިލްތިމާސްކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.