ޗައިނާއިން ދުވާލަކު 700 ޓޫރިސްޓުން، މިމަހު ލައްކައެއް ހަމަވާނެ

ޗައިނާ އިން މި އަހަރުގެ މިހާތަނަށް ޖުމްލަ 87,168 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. އެ ގައުމުން ރާއްޖޭގެ ޓޫރިޒަމް އެރައިވަލްސްގެ 11 ޕަސެންޓުގެ ހިއްސާއެއް ވަނީ ނަގާފަ އެވެ.

ރާއްޖެ އައި ޗައިނާގެ އެއާލައިންއަކުން އައި ކުއްޖެއް -- މި

މިހާރު ރާއްޖޭގެ އެއްވަނަ މާކެޓުގައި އޮތް ޗައިނާއިން ދުވާލެއްގެ މައްޗަށް 750 ޓޫރިސްޓުން އަންނައިރު މިމަހު ޖުމްލަ ޓޫރިސްޓުންގެ އަދަދު އެއްލައްކަ ފަހަނަ އަޅާނެ ކަމަށް ދައްކައިިފި އެވެ. 

ހަތަރު އެއާލައިނެއް ރާއްޖެ އަށް އޮޕަރޭޓް ކުރަމުން ގެންދާ ޗައިނާ ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު ހަފުތާއެއްގެ މައްޗަށް އެވްރެޖުކޮށް 5،000 ޗައިނާ ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތް ކުރެ އެވެ. 

ޗައިނާ އިން މި އަހަރުގެ މިހާތަނަށް ޖުމްލަ 87,168 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. އެ ގައުމުން ރާއްޖޭގެ ޓޫރިޒަމް އެރައިވަލްސްގެ 11 ޕަސެންޓުގެ ހިއްސާއެއް ވަނީ ނަގާފަ އެވެ. މިހާރު ޗައިނާ ޓޫރިސްޓުން އައިސްފައިވާ އަދަދުން ބަލާނަމަ މިމަހު ޗައިނާ ޓޫރިސްޓުންގެ އަދަދު އެއް ލައްކަ ފަހަނަ އަޅާނެ އެވެ. އެހެންވެ މިހާރު ބެލެވެނީ މިއަހަރު ނިމޭއިރު ޗައިނާ ޓޫރިސްޓުންގެ އަދަދު ދެ ލައްކައަށް އެރުން ގާތް ކަމަށެވެ، 

ޗައިނާގެ އިތުރުން ދެން އެންމެ ގިނައިން ޓޫރިސްޓުން އަންނަ ރަޝިއާ އޮތީ ޓޫރިޒަމް އެރައިވަލްސްގެ ދެވަނާގަ އެވެ. އެ ގައުމުން 80,160 މީހުން އައިސްފައިވާއިރު ޓޫރިޒަމް އެރައިވަލްސްގެ 10 ޕަސެންޓުގެ ހިއްސާއެއް ވަނީ ނަގާފަ އެވެ. 

މި ވަގުތު ޗައިނާ ރާއްޖޭގެ އެއްވަނާގައި އޮތްއިރު މިހާތަނަށް އެ ގައުމުގެ ހަތަރު އެއާލައިނެއްގެ ޑައިރެކްޓް ފްލައިޓް ދަނީ ބާއްވަމުންނެވެ. އަދި ސަރުކާރުން ވަނީ މިއަހަރުގެ ފަހުކޮޅު ރާއްޖެއަށް ބޮޑު އެއާލައިނެއް ގެނެސް ޗައިނާގެ ހަތް ސިޓީއަކަށް އުދުހުންތަށް ފަށަން ނިންމާފަ އެވެ. މި ނިންމުން އައިސްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅަށްފަހު އިތުރު ދެ އެއާލައިނެއްގެ އުދުހުންތައް ވަނީ ފަށާފަ އެވެ. "މިރާ" އަށް އެނގިފައިވާ ގޮތުގައި ޗައިނާ އިން އިތުރު އެއާލައިނެއްގެ އުދުހުންތައް ފަށަން ދަނީ ތައްޔާރުވަމުންނެވެ. 

ޗައިނާއަކީ ކޮވިޑުގެ ކުރީގައި އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމެވެ. ކޮވިޑް-19 ގެ ބަލި ޗައިނާއިން ފެނި ބަންދު ކުރުމާ ހަމައަށް އެ ގައުމުން 300،000 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. 

2024 ޓޫރިޒަމް - މި އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.8 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. އަދި އޭގެ ކުރީ އަހަރު 1.6 މިލިއަން މީހުން ޒިޔާރަތް ކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.