ފުލުސް ބޭނުމަށް ބިދޭސީން ގެންނާނެ ބަޔަކު ހޯދަން ކުރި އިއުލާނު ބާތިލު

އެ އިއުލާނާ ގުޅޭ ހަބަރެއް ބައެއް ނޫސްތަކުން ގެނެސް ދީފައި ވަނިކޮށް އެ އިއުލާނު ވަނީ ގެޒެޓުން ނަގާ ފައެވެ. ފުލުހުންގެ ތަރުޖަމާން ޝިފާން ވިދާޅުވީ އެ އިއުލާނު ބާތިލުކޮށްފައިވާ ކަމަށެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރާ -- މިރާ

ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ބިދޭސީން ގެންނާނެ ބަޔަކު ހޯދަން ކުރި އިއުލާނު ބާތިލު ކޮށްފި އެވެ.

ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ރާއްޖޭން ބޭރުން ބިދޭސީން ގެނައުމާއި އެފަރާތްތަކާއި ގުޅޭގޮތުން ސަރުކާރު އިދާރާތަކުން ކުރަންޖެހޭ ހުރިހާ ކަންކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް އޮތީ އިއުލާނު ކޮށްފައެވެ. އެ އިއުލާނާ ގުޅޭ ހަބަރެއް ބައެއް ނޫސްތަކުން ގެނެސް ދީފައި ވަނިކޮށް އެ އިއުލާނު ވަނީ ގެޒެޓުން ނަގާ ފައެވެ.

އަދި ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވަނީ އެ އިއުލާނު ބާތިލުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އިއުލާނު ބާތިލު ކުރި ސަބަބަކާ ގުޅޭގޮތުން "ދަ މިރާ" އިން ސުވާލު ކުރުމުން ޝިފާން ވިދާޅުވީ ކުރިން ކޮށްފައިވާ އިއުލާނަކީ އާދައިގެ މަތިންފުލުހުންގެ އިދާރާގެ ބަހާތަކުގައި ބިދޭސީން ލައްވާ ކުރުވަމުން އައި މަސައްކަތްތައް ކުރުމަށް ބިދޭސީން ހޯދުމަށް ކޮށްފައިވާ އިއުލާނެއް ކަމަށެވެ.

އަދި އިއުލާނު ބާތިލް ކުރީ ދިވެހިންނަށް ވަޒީފާ ދިނުމުގައި އިސްކަން ދެވޭ ގޮތަށް އެފަދަ ވަޒީފާތަކަށް މީހުން ހޯދުމުގައި ފުލުހުންގެ ހިދުމަތުން އަމަލު ކުރުމަށް ނިންމާފައިވާތީ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.