ކުޅުދުއްފުށީ ގެއެއްގެ ބަދިގޭގައި ރޯވެ އަނދައި ހުލިވެއްޖެ

އެމްއެންޑީއެފުން ވަނީ އަލިފާންގަނޑު ރޯވިތާ 10 މިނެޓު ތެރޭގައި ނިއްވާލާފައެވެ. އަލިފާން ނިއްވާލި އިރު މުޅި ބަދިގެ ހުރީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ.

ކުޅުދުއްފުށީ ގެއެއްގެ ބަދިގޭގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި؛ އެތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފަ -- ފޮޓޯ: އެމްއެންޑީއެފް

ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގޭގައި އަލިފާން ރޯވެ އަނދައިފި އެވެ. 

އެމްއެންޑީއެފްއިން ބުނީ އަލިފާން ރޯވީ ކުޅުދުއްފުށީ "ގޮންބުލިމާގެ" ނަމަކަށް ކިޔާ ގޭގެ ބަދިގޭގައި ކަމަށެވެ. ރޯވި އަލިފާންގަނޑު ނިއްވާލާފައި ވަނީއެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުންނެވެ. 

ގޭގައި ރޯވިކަމުގެ ރިޕޯޓުކުރީ، ހެނދުނު 10:30 ހާއިރު ކަމަށާއި، ވަގުތުން އެގެއަށް ގޮސް 10 މިނެޓުތެރޭގައި އަލިފާން ނިއްވާލެވުނު ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދިނެވެ. 

މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އެ ގޭގެ ބަދިގެއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ. 

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފުން ހާމައެއް ނުކުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.