ގިނައީ ޔޫރަޕު މީހުން | ޖުމްލަ ޓޫރިސްޓުންގެ އަދަދު 800،000 އަށް

މިހާރު ރާއްޖޭގެ ޓޫރިޒަމްގެ ގަދަ ފަހެއްގައި ޗައިނާ ނަގާފައި އޮތީ މުޅިންވެސް ޔޫރަޕުގެ ގައުމުތަކެވެ. މިއީ އާމްދަނީގެ އޭންޖަލުން ބަލާނަމަ ޓޫރިޒަމަށް ހެވެކެވެ.

ކްރޫޒަ ލައިނާއަކުން ރާއްޖެއަށް ފޭބި ޓޫރިސްޓުންތަކެއް -- ޔާމިން މުޙައްމަދު

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު 800،000 ފަހަނަ އަޅައި މިލިއަނަކާ ގާތަށް ޖެހިލައިފި އެވެ. 

ޓޫރިޒަމް ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ ނިޔަލަށް އައިސްފައިވަނީ 794,109 ޓޫރިސްޓުންނެވެ. އަދި މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6،000 ޓޫރިސްޓުން އަންނަ ކަމަށް ދައްކާއިރު މި އަދަދުން ބަލާނަމަ މިހާރު 800،000 ޓޫރިސްޓުން ވާނީ ހަމަވެފަ އެވެ. 

މިހާރު ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދުން ބަލާނަމަ ދުނިޔެއަށް މިގޮތުގައި އޮވެއްޖެނަމަ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރާއްޖެ އަށް އެއް މިލިއަން ޓޫރިސްޓުން ހަމަވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ކުރިއަށް އޮތީ އޮފް ސީޒަން ކަމަށްވުމުން މިހާރު އަންނަ ޓޫރިސްޓުންގެ އަދަދަށް ކޮންމެވެސް ވަރެއްގެ މަދުވުމެއް އަންނާނެ ކަމަށް ފެނެ އެވެ. 

މިހާތަނަށް އައި ޓޫރިސްޓުން

  •  ޖުމްލަ 794,109 (12.3 ޕަސެންޓްގެ ކުރިއެރުމެއް)
  •  މިދިޔަ މަހުގެ ޖުމްލަ 168,647 (ތިން ޕަސެންޓުގެ ކުރިއެރުމެއް)
  •  އެވްރެޖުކޮށް ދުވާލަކު ޓޫރިސްޓުންގެ އަދަދު 6,353 މީހުން
  •  ޓޫރިސްޓުން ތިބޭ މުއްދަތު 7.8 ދުވަސް

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އައިސްފައިވަނީ ޖުމްލަ 168,647 ޓޫރިސްޓުންނެވެ. މި އަދަދަކީ ކުރީ މަހު އައި 164,357 ޓޫރިސްޓުންނާ އަޅާކިޔާނަމަ ތިން ޕަސެންޓުގެ އިތުރުވުމެކެވެ. 

ގަދަ ފަހެއްގައި ގިނައީ ޔޫރަޕުގެ ގައުމުތައް

  •  ޗައިނާ - 87,168 ޓޫރިސްޓުން
  •  ރަޝިއާ - 80,160 ޓޫރިސްޓުން
  •  ޔޫކޭ - 76,823 ޓޫރިސްޓުން
  •  އިޓަލީ - 71,536 ޓޫރިސްޓުން
  •  ޖަރުމަނީ - 61,959

މި ވަގުތު ޓޫރިޒަމް ކުރިއަށް ރަނގަޅަށް ދައްކާއިރު އެންމެ ގިނައިން އައިސްފައިވަނީ ޗައިނާ މީހުންނެވެ. އެއް ނަމްބަރުގައި މިވަގުތު ޗައިނާ އޮތްނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި މި މަގާމުގައި އޮތީ އިންޑިއާ އެވެ. އިންޑިއާ މިވަގުތު އޮތީ ޓޫރިސްޓު ޓޭބަލްގެ ހަ ވަނާގަ އެވެ އެ ގައުމުން އައިސްފައިވަނީ 43,991 ޓޫރިސްޓުންނެވެ. މީގެ އިތުރުން ރާއްޖޭގެ ގަދަ ފަހެއްގައި ހިމެނެނީ ޔޫރަޕުގެ ގައުމު ތަކެވެ. މިއީ އާމްދަނީގެ އޭންޖަލުން ބަލާނަމަ ރަނގަޅު ބަދަލެއްގެ ގޮތުގައި ތަޖުރިބާކާރުން ދެކެ އެވެ. 

2024 ޓޫރިޒަމް - މި އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.8 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. އަދި އޭގެ ކުރީ އަހަރު 1.6 މިލިއަން މީހުން ޒިޔާރަތް ކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.