އަންހެން ހެދުން އަޅައިގެން ޓިކްޓޮކްގައި އުޅުނު މީހާއަށް 15 ދުވަހުގެ ބަންދެއް

ބަންދާމެދު ގޮތް ނިންމަން ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ބަރަހަނާ ފޮޓޯ އާއި ވީޑީއޯ އާންމު ކުރުމާއި ފާޅުކަން ބޮޑު ގޮތެއްގައި އޮރިޔާންކާޑު އުފައްދާ އާންމު ކުރަމުން ދިޔަ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) --

ބަރަހަނާ ފޮޓޯ އާއި ވީޑީއޯ އާންމު ކުރުމާއި ފާޅުކަން ބޮޑު ގޮތެއްގައި އޮރިޔާންކާޑު އުފައްދާ އާންމު ކުރަމުން ދިޔަ މުހައްމަދު ނަބީލް (ޔާޔާ ނަބީލް)، އަލުން ޓިކްޓޮކަށް އައިސް އަންހެން ހެދުން އަޅައިގެން ވީޑިއޯ ހަދާ ލައިވް ކުރާ މައްސަލާ ގައި އޭނާ ހައްޔަރު ކޮށް ބަންދަށް މުއްދަތު ޖަހައިފި އެވެ. 

ފުލުހުން ބުނީ ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލްމީޑިއާ ގައި ވީޑިއޯ ޝާއިއު ކުރަމުން ދިޔަ 39 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކުރީ ކޯޓް އަމުރެއް ހޯދައިގެންނެވެ.

އަދި ބަންދާމެދު ގޮތް ނިންމަން ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

 ބަރަހަނާ ފޮޓޯ އާއި ވީޑީއޯ އާންމު ކުރުމާއި ފާޅުކަން ބޮޑު ގޮތެއްގައި އޮރިޔާންކާޑު އުފައްދާ އާންމު ކުރި މައްސަލާ ގައި މި މިހާ ވަނީ ކުރީން އެއް އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށް ލާފައެވެ. ޖަލު ހުކުން ތަންފީޒު ކޮށް މިނިވަން ވުމުން އޭނާ ވަނީ އަލުން ޓިކްޓޮކް ވީޑިއޯތައް ހަދަން ފަށާފައެވެ. އަދި މި ފަހުން އޭނާ ގެންދަނީ އަންހެން ހެދުން އަޅައިގެން ހުރެ ވީޑިއޯ ހަދާ އާންމު ކުރަމުންނެވެ. ނިވާކަން ކުޑަ ގޮތެއްގައި އަންހެން ހެދުން އަޅާ އެކި ކަހަލަ ވީޑިއޯތައް ހަދާ ކޮންމެ ރެއަކު އެތައް ގަޑިއިރެއް ވަންދެން ލައިވް ޖައްސައިގެން ހުރެ އެވެ.

އެ މީހާ ހައްޔަރު ކުރީ އޭނާގެ މައްސަލާގައި ސޯޝަލް މީޑިއާގައި އެތައް ބަޔަކު ފުލުހާއި ކަމާބެހޭ އިދާރާތަކަށް ޓެގްކޮށް ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށެވެ.

ރާއްޖޭގައި ޓިކްޓޮކް ބޭނުން ކުރާ ވަރަށް ބޮޑު އާބާދީއެއް އެބަ އޮތެވެ. ނަމަވެސް ގިނަ ބަޔަކު ޓިކްޓޮކް ބޭނުން ކުރަނީ އާންމު އިޖްތިމާއީ މިންގަނޑާއި ހިލާފު އަމަލުތައް ހިންގުމަށެވެ. ނިވާކަން ކުޑަ ހެދުން އަޅައިގެން ވީޑިއޯކޮށް އާންމު ކުުރުމާއި ފިރިހެނުން އަންހެން ހެދުން އަޅައިގެން ތިބެ ނެށުމާއި އެކަކު އަނެކަކަށް ޒުވާބު ކުުރުމާއި ހުތުރު ބަހުން ވާހަކަ ދެއްކުން ފަދަ އެތައް ކަމެއް ހިންގައެވެ. ބައެއް މީހުން އެ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ކިޔައިދީ އެކަންކަމަށް ގޮތް ނިންމަނީ ވެސް ޓިކްޓޮކް ލައިވް ތަކުގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.