"ބޮޑު ދިޔައިގައި ކަފު ޖަހާނެ ބޯޓެއް އައުމާއެކު ފުންކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައި. މީހުންގެ ހާލު ރަގަޅު،" އެމްއެންޑީއެފް އިން ބުންޏެވެ.
ފަރަށް އަރާފައި ވަނީ މާލެ އިން ގދ. ފަރެސްމާރޮޑާއަށް ދަތުރުކުރަމުން ދިޔަ "ރޯޝަނީ" ނަމަކަށް ކިޔާ ބޯޓޭކެވެ. ރޭ ގާތްގަނޑަކަށް 10 ޖަހާއިރު އެ ވޯޓު ފަރަށް އެރުމާއެކު އެމްއެންޑީއެފުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ އެ ބޯޓު އަދި ފުން ނުވާ ކަމަށެވެ. ނަމަވެސް ބޯޓުގައި ތިބި މީހުންގެ ހާލު ރަގަޅު ކަމަށެވެ.
"ބޮޑު ދިޔައިގައި ކަފު ޖަހާނެ ބޯޓެއް އައުމާއެކު ފުންކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައި. މީހުންގެ ހާލު ރަގަޅު،" އެމްއެންޑީއެފް އިން ބުންޏެވެ.
އިތުރަށް ބުނީ ފުންކުރުމުގެ މަސައްކަތް ކުރާނީ ފާސްޓް އިންސްޕެކްޓާ ކްރާފްޓް ޑައިވަރުންގެ ވެސް އެހީތެރިކަމާ އެކު ކަމަށެވެ.