މިއަދު އޮތީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އާއި ހއ. އުތީމާއި ނ. ލަންދޫ އާއި ނ. ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ. ތަކަންދޫ އާއި ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމެވެ.
މިއަދު އޮތް ހަ ރަށެއްގެ ބައި އިލެކްޝަން ގައި ސަރުކާރު ހިންގާ ކޮންގްރެސްގެ ކެންޑިޑޭޓުން ހަތަރު ބައި އިލެކްޝަން ކާމިޔާބު ކޮށްފި އެވެ.
މިއަދު އޮތީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އާއި ހއ. އުތީމާއި ނ. ލަންދޫ އާއި ނ. ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ. ތަކަންދޫ އާއި ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމެވެ.
މީގެތެރެއިން ހއ. އުތީމާއި ތަކަންދޫ އަދި އިންނަމާދޫ އާއި ވެލިދޫ ގޮނޑި ކާމިޔާބު ކުރީ ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ. އެމްޑީޕީން ކާމިޔާބު ކުރީ ލަންދޫ ކައުންސިލްގެ ގޮނޑި އެވެ. ދަ ޑިމޮކްރެޓްސް އިން ކާމިޔާބު ކުރީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސްގެ ގޮނޑި އެވެ.
އުތީމު ކައުންސިލް މެންބަރު ކަމަށް ހޮވުނު ކޮންގްރެސްގެ އިބްރާހިމް ސުނާނަށް ލިބުނީ 204 ވޯޓެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އައުފު އަށް ލިބުނީ 199 ވޯޓެވެ.
ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް ހޮވުނު ކޮންގްރެސްގެ ސަމީނާ މުހައްމަދު ލިބުނީ 207 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރަހްމާ އަބްދުﷲ އަށް ލިބުނީ 174 ވޯޓެވެ.
ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް ހޮވުނީ ކޮންގްރެސްގެ އައިޝަތު ސްމަހާ އެވެ. އޭނާ ވަނީ 243 ވޯޓް ހޯދާފައެވެ. އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ސަމްހާ އަށް ލިބުނީ 78 ވޯޓެވެ.
ވެލިދޫ ކައުންސިލްގެ ގޮނޑި ކޮންގްރެސް އިން ކާމިޔާބު ކުރީ 549 ވޯޓުންނެވެ. ކޮންގްރެސްގެ އަބްދުﷲ އަބްދުއްރައްޒާގާ ވާދަކުރި އެމްޑީޕީގެ އާއިމިނަތު ޝިފްޒާއަށް ލިބުނީ 449 ވޯޓެވެ.
ލަންދޫ ކައުންސިލްގެ މެންބަރު ކަަމަށް ކޮންގްރެސްގެ ކެންޑިޑޭޓް މުހައްމަދު ޝުޖާއުއާ ވާދަކޮށް ހޮވުނީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ އާރިފެވެ. ޝުޖާއު ލިބުނީ 271 ވޯޓެވެ. އާރިފު ވަނީ 303 ވޯޓް ހޯދާފައެވެ.
މަޑުއްވަރީ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް މުހައްމަދު އާޒިމް އަލީ އެވެ. އޭނާ ވަނީ 194 ވޯޓް ހޯދާފައެވެ. ކޮންގްރެސްގެ އަބްދުﷲ އަލީއަށް ލިބުނީ 144 ވޯޓެވެ.