އުތީމާއި ތަކަންދޫ ކައުންސިލްގެ ގޮނޑި ކޮންގްރެސް އަށް

ތަކަންދޫ ކައުންސިލުން ހުސްވީ އަންހެން މެންބަރު ތަމްސީލު ކުރާ ގޮނޑި އެވެ. އުތީމު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ނެގި ވޯޓް ގައި ކޮންގްރެސްގެ ކެންޑިޑޭޓް އިބްރާހިމް ސުނާން ކާމިޔާބު ހޯދީ ކުޑަ ތަފާތަކުންނެވެ.

ބައި އިލެކްޝަންސް ކާމިޔާބު ކުރި ކޮންގްރެސްގެ ދެ ކެންޑިޑޭޓުން

ހއ. އުތީމު ކައުންސިލް މެންބަރު ކަމަށާއި ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށް މިއަދު އޮތް ބައި އިލެކްޝަން ސަރުކާރު ހިންގާ ކޮންގްރެސްގެ ކެންޑިޑޭޓުން ކާމިޔާބު ކޮށްފި އެވެ.

މިއަދުގެ އިންތިހާބު ގައި ވާދަކޮށްފައި ވަނީ ކޮންގްރެސްގެ ކެންޑިޑޭޓުންނާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. 

އުތީމު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ނެގި ވޯޓް ގައި ކޮންގްރެސްގެ ކެންޑިޑޭޓް އިބްރާހިމް ސުނާން ކާމިޔާބު ހޯދީ ކުޑަ ތަފާތަކުންނެވެ. ކޮންގްރެސްގެ ކެންޑިޑޭޓް ވަނީ 270 ވޯޓް ހޯދާފައެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 248 ވޯޓެވެ.

ތަކަންދޫ ކައުންސިލުން ހުސްވީ އަންހެން މެންބަރު ތަމްސީލު ކުރާ ގޮނޑި އެވެ. ކޮންގްރެސްގެ ކެންޑިޑޭޓް ސަމީނާ މުހައްމަދު ލިބުނީ 207 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރަހްމާ އަބްދުﷲ އަށް ލިބުނީ 174 ވޯޓެވެ.

މިއަދު ހަ ރަށެއްގައި ބައި އިލެކްޝަން ކުރިއަށް ދިޔަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.