އިމްރާންގެ ކާރުގައި ޕިކަޕަކުން ޖެހުން، މައްސަލަ ހައްލު ކުރަން އިންތިހާބީ މެންބަރު އިމްރާން

އިންމު، އިމްރާންގެ ކިބައިން އެދިވަޑައިގަތީ ޕިކަޕު ދުއްވި މީހާއަށް މާފުކޮށް ދެއްވުމަށެވެ. އަދި މާފުކޮށް ނުދެއްވާނަމަ ކާރަށް ލިބުުނު ގެއްލުމަށް އޭނާ ޒިންމާ ނަންގަވާނެ ކަމަށެވެ.

އެކްސިޑެންޓްއާ ގުޅިގެން މައްސަލަ ހައްލު ކުރުމަށް އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) ވާހަކަ ދައްކަވަނީ

ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ކާރުކޮޅުގައި ޕިކަޕަކުން ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.

އެކްސިޑެންޓް ހިނގީ އުމުރުން ދުވަސްވީ މީހަކު ދުއްވި ޕިކަޕަކުން ޖެހި އެވެ. މަންޒަރު ދުށް މީހުން ބުނީ އިމްރާންގެ ކާރުކޮޅު ގައި ޕިކަޕު ޖެހުމާއި ގުޅިގެން ޕިކަޕު ދުއްވި މީހާއަށް ނިސްބަތްކޮށް ރުޅިވެރި ކަމާ އެކު އިމްރާން ވާހަކަ ދެއްކެވި ކަމަށެވެ.

އަދި އެކަން ހައްލު ކުރުމަށް ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) މަސައްކަތް ކުރެއްވި ކަމަށެވެ. އިންމު، އިމްރާންގެ ކިބައިން އެދިވަޑައިގަތީ ޕިކަޕު ދުއްވި މީހާއަށް މާފުކޮށް ދެއްވުމަށެވެ. އަދި މާފުކޮށް ނުދެއްވާނަމަ ކާރަށް ލިބުުނު ގެއްލުމަށް އޭނާ ޒިންމާ ނަންގަވާނެ ކަމަށެވެ. 

ކާރާއި ޕިކަޕު ޖެހި އެކްސިޑެންޓް ވެފައި

އެކަމަށް ދެ ފަހަރު އެދިވަޑައިގަތުމުން ވެސް އިމްރާން އެއްވެސް ޖަވާބެއް ނުދެއްވާ ހުންނަވަ އެވެ. އިމްރާން ހުންނެވީ އެކްސިޑެންޓްވެ ކާރުކޮޅަށް ގެއްލުން ވުމުން އެކަމާއި ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެން ކޯފާވެފައި ކަން މަންޒަރު ހާމަ ވެ އެވެ.

އަރިހުގައި އަނބިކަނބަލުން ޔުމްނާ ވެސް ހުންނެވި އެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.