އައިލެންޑްރޫމްސް | ރަށްރަށުން ގެސްޓްހައުސް ހޯދަން ފަސޭހަ ގޮތެއް

މުސްތަގުބަލުގައި 100 އަށްވުރެ ގިނަ ރަށް މި ޕްލެޓްފޯމުން ފެންނާނެ އެވެ. މިއީ ކުދި ގެސްޓްހައުސްތަކަށް ލިބޭނެ ފަހި ފުރުސަތެކެވެ.

އައިލެންޑްރޯމްސްގެ ވެބްސައިޓް

ޗުއްޓީ އަކަށް ޖައްސާލަން ރަށަކަށް ދާން ވިސްނިއަސް އެންމެ ރަނގަޅު ރަށެއް ހޯދަން ދަތިވެ އެވެ. ސަބަބަކީ ދާން ބޭނުންވާ ރަށާއި ގެސްޓްހައުސްގެ މައުލޫމާތު ލިބޭނެ ޕްލެޓްފޯމެއް ނެތުމެވެ. އެކަމަކު އައިލެންޑް ރޫމްސް އެމްވީގެ ނަމުގައި މިހާރު ތައާރަފުކޮށްފައިވާ އޮންލައިން ވެބްސައިޓުން މި މައުލޫމާތު ފަސޭހަކަމާއެކު ލިބެން ހުރެ އެވެ. 

އައިލެންޑްރޫމްސް އެމްވީއިން އިން ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކާއި ހޮޓާތަކާއި ހޯމްސްޓޭ ކޮޓަރިތަކުގެ މައުލޫމާތު އެއް ތަނަކުން ލިބެން ހުރެ އެވެ. މިހާރު މި ވެބްސައިޓުން ވަނީ ލޯކަލް އައިލެންޑްސްގައި ހުންނަ ހޮޓަލްތަކާއި ގެސްޓްހައުސްތަކާއި ހޯމްސްޓޭގެ ހިދުމަތްދޭ ފަރާތްތަކަށް މި ވެބްސައިޓުގައި ލިސްޓް ކުރަން ފުރުސަތު ހުޅުވާލާފަ އެވެ. މި ސައިޓުގައި ލިސް ކުރުމަށް ފީއެއް ނުނަގާނެ އެވެ. 


އައިލެންޑްރޫމްސްގެ ބޭނުމަކީ ދިވެހިން ދަތުރުކުރުމުގެ ވައްޓަފާޅި ބަދަލުކޮށްލައި އައިލެންޑް އެކްސްޕީރިއަންސް ކޮށްދޭން ފުރުސަތު ފަހިކޮށްދިނުމެވެ. ރަށްރަށުގެ މައުލޫމާތާއި އެ ރަށުގައި ހުރި ކޮޓަރިތަކުގެ ފުރިހަމަ މައުލޫމާތު ހޯދަން މި ސައިޓުން ފުރުސަތު ފަހިކޮށްދޭނެ އެވެ. މިހާރު ލިސްޓިންއަށް ހުޅުވާލާފައިވާ islandrooms.mv ގައި ރަށްރަށުގައި ކޮޓަރިތައް ހިންގާ ފަރާތްތަކަށް އެ މީހުންގެ އެކޮމޮޑޭޝަން ލިސްޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިއީ ހޯމްސްޓޭ ފަދަ ވިޔަފާރި ކުރާ ފަރާތްތަކުގެ ވިޒިބިޓިލީ އިތުރުކޮށް ގިނަ ކަސްޓަމަރުން ހޯދަން ހުޅުވިގެންދާނެ ފުރުސަތެކެވެ.

މިވަގުތު ހަމައެކަނި ގުޅައިގެން ގެސްޓްހައުސް ބުކް ކުރުމުގެ ހިދުމަތް ލިބުނުނަމަވެސް މުސްތަގުބަލުގައި މި ޕްލެޓްފޯމް ފަރުވާކޮށްފައި ވަނީ އަމިއްލަ އަށް ޕޭކޮށްލެވޭނެ ގޮތަށެވެ. 

މި ޕްލެޓްފޯމަށް 100 ރަށް އަރާނެ

މި ޕްލެޓްފޯމްގައި 100 އަށް ވުރެ ގިނަ ލޯކަލް އައިލެންޑް ފެނިގެންދާއިރު، ތަފާތު އެކްސްޕިއަންސްތައް ގެނެސްދޭ ޕެކޭޖުތައް މުސްތަގުބަލުގައި ފެންނަން ހުންނާނެ އެވެ.

އައިލެންޑްރޫމް އިން ވަނީ ރަށްރަށުގައި ތިބި މި ފަދަ ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށް ދިނުމުގެ އިތުރުން އިޖުތިމާއީ ޒިންމާގެ ބައެއްގެ ގޮތުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކާ ގުޅިގެން ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އެއް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ހިންގަން ނިންމަފަ އެވެ. މީގެ މަގުސަދަކީ ރަށްރަށުގެ ތިމާވެށި ފެހިކޮށް ރަށްފުށުގެ ރީތިކަން ދެމެހެއްޓުމެވެ. 

މި ޕްލެޓްފޯމްގެ އިތުރު މައުލޫމާތު ހޯއްދެވުމަށް stay@islandrooms.mv ނުވަތަ 7966551 އިން ލިބޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.