ޑްރެޖަރު ހާދިސާ: ބިދޭސީ މީހާ މަރުވީ ކެރޭނަކުން އުފުލި އެއްޗިހިތަކެއް ދަށުވެ

އިއްޔެގެ ހާދިސާގައި މަރުވީ އިންޑިއާގެ ފިރިހެނެކެވެ. ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންތައްތަކެއް ބަލަމުން އަންނަ ކަމަށެވެ.

އެމްޓީސީގެ ޑްރެޖަރަކުން ބިން ހިއްކަނީ: އިއްޔެ ޖްރެޖަރެއްގައި ހުއްޓައި ބިދޭސީއަކު މަރުވީ ކެރޭނަކުން އުފުލި އެއްޗިހިތަކެއްގެ ދަށުވެގެން -- ފައިލް ފޮޓޯއެއް

ހުޅުމާލޭ ފަޅުގައި އޮތް ޑްރެޖަރެއްގައި ހުރި ބިދޭސީއަކު މަރުވީ ކެރޭނެއްގައި އެ އުޅަނދަށް އެރުވި އެއްޗިހިތަކެއް ދަށުވެކަމަށް ފުލުހުން ބުނެފި އެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "މިރާ"އަށް ވިދާޅުވީ، އިއްޔެ ޑްރެޖަރުގައި ހުރި ބިދޭސީ މީހާ މަރުވީ ކެރޭނަކުން އެރުވި އެއްޗިހިތަކެއްގެ ދަށުވެގެން ކަމަށެވެ. މި ހާދިސާގައި އޭނާގެ މެޔަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ބިދޭސީ މީހާގެ ފުރާނަ ނެތް ކަމަށް ފުލުހުން ބުނެ އެވެ. 

އިއްޔެގެ ހާދިސާގައި މަރުވީ އިންޑިއާގެ ފިރިހެނެކެވެ. ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންތައްތަކެއް ބަލަމުން އަންނަ ކަމަށެވެ. 

މަސައްކަތުގެ މާހައުލުގައި ހިނގާ މިފަދަ ހާދިސާތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ދާދި ފަހުން މަކުނުދޫ ބަނދަރު ސަރަހައްދުގައި ގޭސްފުޅިއެއް ގޮވައިގެން ދެ ބިދޭސީއަކު މަރުވި އިރު، މާލޭގެ ގެއެއްގެ އޭސީ އައުޑްޑޯ ޔުނިޓެއްގެ މަސައްކަތް ކުރި ބިދޭސީއަކު އިމާރާތެއްގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓި ހާލު ސީރިއަސްވި އެވެ. 

އޭގެ ކުރިން 2022 ވަނަ އަހަރުގެ ތެރޭގައި ބިއްލޫރި ޝީޓްތަކެއް ދަށުވެ މީހަކު މަރުވިތާ 10 ދުވަސް ނުފުރެނީސް މާބްލް ޝީޓްތަކެއް ދަށުގައިވެ ހަމަ އެފަދަ ހާދިސާއެއް ހިނގި އެވެ. 

މިފަދަ ހާދިސާތައް ތަކުރާރުވަމުން އަންނަ އިރު، މަސައްކަތުގެ މާހައުލުގައި، މަސައްކަތްތެރިންނަށް ސަލާމަތާއި ސިއްހީ ރައްކާތެރިކަން ލިއްބައިދޭން ލާޒިމްކޮށް، 10 ބާބާއި 76 މާއްދާ ހިމެނޭ "އޮކިއުޕޭޝަނަލް ސޭޕްޓީ އެންޑް ހެލްތު" ގާނޫނެއް އެބަ އޮތެވެ. 

ގާނޫނުން ކަށަވަރުކޮށްދޭ މުހިންމު ކަންކަން

  •  މަސައްކަތްތެރިންނަށް ލިބޭ އަނިޔާގެ ޒިންމާ އުފުލާނެ ފަރާތާއި މަސްއޫލިއްޔަތު
  •  މަސައްކަތްކުރާ މާހައުލަކީ ސިއްހީ، ނަފްސާނީ އަދި ޖިސްމާނީގޮތުން ވެސް ރައްކާތެރި ތަނަކަށް ހެދުން
  •  ސިއްހީގޮތުން ކުރިމަތިވެދާނެ ނުރައްކަލުން ރައްކާތެރިކުރުމަށް ހާއްސަ އުސޫލެއް
  •  މަސައްކަތްތެރިން ރައްކާކޮށްދޭ ހާއްސަ ސިޔާސަތެއް
  •  މަސައްކަތްތެރިންގެ ސިއްހީ ދުޅަހެޔޮކަމާ ގުޅިގެން ނިންމާ ނިންމުންތަކުގައި ބަސްބުނުމުގެ ހައްގު
  •  އެފަދަ މައްސަލަތައް ރިޕޯޓުކުރާނެ ނިޒާމެއް ކަނޑައެޅުން

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.