ޓީ ޖެޓީއަށް ކުނި އުކާ މީހަކު ޖޫރިމަނާ ކޮށްފި

ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް ވިޔަފާރި ކުރަމުން ގެންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް އެފަދަ ބޭރު މީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓް ކުރަން މިހާރު ފަށައިގެންފައިވާ ކަމަށް ރައީސް މުއިއްޒު ވަނީ އިއުލާނު ކުރައްވާފަ އެވެ.

ޖުރިމަނާ ކުރި މީހާ ކުނި ޕިކަޕާއެކުގައި: އެ މީހާ ވަނީ ޖޫރިމަނާކޮށްފައި -- މާލޭ ސިޓީ ކައުންސިލް

ވެރިރަށް މާލޭގެ ޓީ ޖެޓީ ސަރަހައްދަށް ކުނި އަޅަމުންދާ ފަރާތެއް ވަނީ ހޯދާ ޖޫރިމަަނާ ކޮށްފި އެވެ. 

މާލޭ ސިޓީ ކައުންސިލުން ވަނީ އެ މީހާގެ ފޮޓޯ އާއި އެ މީހާ ދެކުނު ފަރާތު ޓީ ޖެޓީ ސަރަހައްދަށް އަޅާފައި ކުނިތަކާއި އެ މީހާ ޖޫރިމަނާ ކޮށްފައިވާ ފުލުހުންގެ ސްލިޕް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އެހެން ނަމަވެސް އެއީ ކާކު ކަމެއް ވެސް އަދި އޭނާ ޖޫރިމަނާ ކުރީ ކިހާ ފައިސާއަކުން ކަމެއް ވެސް އެއިން ސާފެއް ނުވެ އެވެ. 

މި މީހާ ޖޫރިމަނާ ކުރި އިރު މާލޭގެ މަގުތަކަށް ކުނި އަޅާ ބިދޭސީއަކު ހިފަހައްޓައި އެމީހާ ފުލުހާ ހަވާލުކޮށް ޑީޕޯޓް ކުރުމުގެ މަސައްކަތް ވެސް ފަށާފައި ވެއެވެ. މާލޭ ކައުންސިލުން އިއްޔެ ބުނި ގޮތުގައި ކައުންސިލުން އަތުލައިގަތް އެ މީހާއަކީ ‏މާލޭ މަގުމައްޗަށް ކުނިއަޅާ ކަން ފާހަގަ ކުރެވުނު، ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްގެ މީހެކެވެ. އިއްޔެ އެމީހާ ވަނީ ފުލުހުންނާއި ހަވާލުކޮށްފަ އެވެ. 

ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް ވިޔަފާރި ކުރަމުން ގެންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް އެފަދަ ބޭރު މީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓް ކުރަން މިހާރު ފަށައިގެންފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވަނީ އިއުލާނު ކުރައްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.