ފޮޅާ ސާފު ކުރުމުގެ ހިދުމަތަށް ވެމްކޯ ނުކުންނަނީ

ވެމްކޯއިން ފޮޅާ ސާފުކޮށް ދިނުމުގެ ހިދުމަތަށް ނުކުންނަ އިރު އެ ކުންފުނިން މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އަށް ސަރަހައްދެއްގައި ކުނި މެނޭޖް ކުރުމުގެ ހިދުމަތް ދެ އެވެ. އަދި އިތުރު އަތޮޅުތަކުގައި ހިދުމަތް ފަށަން ވަނީ ނިންމާފަ އެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުންތަކެއް: އެ ކުންފުނިން ތަންތަން ފޮޅާ ސާފު ކުރުމުގެ ހިދުމަތް ފަށަން ވަނީ ނިންމާފައި

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ހިދުމަތްތަކުގެ ތެރެއަށް ފޮޅާ ސާފު ކުރުމުގެ ކޮމްޕޯނެންޓެއް އިތުރުކޮށް އެ ހިދުމަތް ދިނުމަށް ވެމްކޯއިން ތައްޔާރު ވާން ފަށައިފި އެވެ.

ވެމްކޯއިން ބުނި ގޮތުގައި ކުނި މެނޭޖް ކުރާ އެ ކުންފުނީގެ ހިދުމަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ފޮޅާ ސާފު ކުރުމުގެ ހިދުމަތް ފަށައިގަނެ ފުރަތަމަ ދޭން ނިންމާފައި ވަނީ ސަރުކާރުގެ އިދާރާތަކާއި އޮފީސްތަކަށް ކަމަށެވެ. އަދި އޭގެ ފަހަށް އެ ހިދުމަތަށް އޮތް ޑިމާންޑަށް ބެލުމަށްފަހު ވެމްކޯއިން ހދުމަތް އިތުރަށް ފުޅާ ކުރަން ނިންމާފައިވާ ކަމަށެވެ.

ވެމްކޯއިން ފޮޅާ ސާފުކޮށް ދިނުމުގެ ހިދުމަތަށް ނުކުންނަ އިރު އެ ކުންފުނިން މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އަށް ސަރަހައްދެއްގައި ކުނި މެނޭޖް ކުރުމުގެ ހިދުމަތް ދެ އެވެ. އަދި އިތުރު އަތޮޅުތަކުގައި ހިދުމަތް ފަށަން ވަނީ ނިންމާފަ އެވެ. 

އެ ގޮތުން ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި އުތުރުގެ ކުޅުދުއްފުށި ސިޓީ އާއި ދެކުނުގެ ތިނަދޫ ސިޓީގައި ކުނި މެނޭޖް ކުރަން ފަށާނެ އެވެ. އެ ދެ ރަށުގެ ކުނި މެނޭޖް ކުރުމަށް ކުނި ނަގަން ރަޖިސްޓްރީ ކުރުމާއި ވޭސްޓް ކަލެކްޝަން ސެންޓަރު ތައްޔާރުކޮށް ވެހިކަލްތައް ފޮނުވުމާއި މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.