ޑރ. ރަމްޝާ ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

"އިންސާނިއްޔަތަށް ހިދުމަތް ކުރުމުގައި ރެއާދުވާލު މަސައްކަތް ކުރެއްވި ވާގިވެރިއެކެވެ. ބަލިމީހުންނާ ނުކުޅެދޭ މީހުންނަށް ހިތްވަރުދެއްވުމުގައި އޯގާތެރި އެހީތެރިއެކެވެ،"

ރައީސުލްޖުމްހޫރިއްޔަ ޑރ. މުހައްްމަދު މުއިއްޒު

އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރުގެ މަގާމު ފުރުއްވި ޑރ. އައިމިނަތު ރަމްޝާ ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވީ ހިދުމަތްތެރި އަދި މަގުބޫލު ޑޮކްޓަރު އާމިނަތު ރަމްޝާ އަވަހާރަވި ހަބަރު އަޑުއެހީ ފުން ހިތާމައާ އެކު ކަމަށެވެ. އަދި ވިދާޅުވީ ގައުމަށް ގެއްލިގެން އެ ދިޔައީ ކުޅިވަރުގެ މައިދާނުގައި ރީތި ނަމޫނާ ދެއްކެވި މޮޅު އެތުލީޓެއް ކަމަށެވެ.

"އިންސާނިއްޔަތަށް ހިދުމަތް ކުރުމުގައި ރެއާދުވާލު މަސައްކަތް ކުރެއްވި ވާގިވެރިއެކެވެ. ބަލިމީހުންނާ ނުކުޅެދޭ މީހުންނަށް ހިތްވަރުދެއްވުމުގައި އޯގާތެރި އެހީތެރިއެކެވެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ރަމްޝާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށާއި ކީރިތިﷲގެ ރުއްސެވުމާ ފުއްސެވުމާ ސުވަރުގޭގެ ދާއިމީ ނިއުމަތް އެ މަރްހޫމާއަށް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފައެވެ.

ރ. ރަމްޝާ ނިޔާވީ ކެންސަރަށް ފަރުވާ ހޯދަމުން ގެންދަނިކޮށެވެ. ވަރަށް ޒުވާން އުމުރުގައި ކެންސަރަށް ޑައިގްނޯސްވީ އައިޖީއެމްއެޗްގެ އީއާރުގައި މަސައްކަތް ކުރުމަށް ފަހު އިތުރަށް ކިޔަވަން ބެންކޮކުގައި ހުއްޓައެވެ.

2016 ވަނަ އަހަރާ ހަމައަށް އައިޖީއެމްއެޗް ގައި ހިދުމަތް ކުރި އެވެ. ކެންސަރަށް ޑައިގްނޯސްވީ 2020 ވަނަ އަހަރު ކިޔެވުމުގެ އެންމެ ފަހު މަރުލަހާ ގައެވެ. ކެންސަރަށް ފަރުވާ ހޯދަމުން ޑރ. ރަމްޝާ ވަނީ ކިޔެވުން ފުރިހަމަ ކޮށްފައެވެ.

ކެންސާ ސޮސައިޓީގެ ބޯޑު މެންބަރެއްގެ ގޮތުގައި ވެެސް ހުންނެވި ޑރ. ރަމްޝާ ވަނީ ބެންކޮކުގެ ބައެއް ހޮސްޕިޓަލްތަކުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އަދި ކެންސަރު ފަރުވާއަށް އެ ގައުމަށްދާ ދިވެހީންނަށް އެކި ގޮތްގޮތުން އެހީތެރިވެ ދިނެވެ.

މީހުންނާއި ވަރަށް ގުޅޭ / އުފާވެރި މިޖާޒެއްގެ ޑރ. ރަމްޝާ ވަނީ ކޮވިޑްގެ ދުވަސްވަރު ސިއްހީ މައުލޫމާތު ފެތުރުމުގައި ވެސް ވަރަށް މުހިންމު ދައުރެއް އަދާކޮށް ފައެވެ. އޭނާއާއެކު މަސައްކަތް ކުރި ހުރިހާ މުވައްޒިފުން ވެސް ފާހަގަ ކުރާ ގޮތުގައި ޑރ. ރަމްޝާ އަކީ ކަންކަމުގައި އިސް ނަގާ ވަރަށް ހަރަކާތްތެރި / ބަލި މީހުންނަށް އެހީތެރިވުމުގައި ނަމޫނާ އެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.