މާލޭގައި ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ގެންނަން ސިފައިންނާ ހަވާލުކޮށްފި

މިނިސްޓަރު ވިދާޅުވީ ހާއްސަކޮށް މާފަންނުގެ މަގުތަކަށް މި މަސައްކަތުގައި އިސްކަން ދޭނެ ކަމަށެވެ. މިކަމަށް ދާއިމީ ހައްލެއް ލިބޭނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއުގެ ދަށުން މާލޭގެ މަގުތައް ހަދާ ނިމުމުން ކަމަށެވެ.

ވިއްސާރަކޮށް މާލޭގައި ފެންބޮޑުވެފައި: މިކަމަށް ވަގުތީ ހައްލެއް ހޯދަން އެމްއެންޑީއެފްއާ ވަނީ ހަވާލުކޮށްފައި --

މާލެ ސިޓީގައި ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށް އެމްއެންޑީއެފްއާ ހަވާލުކޮށްފައިވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ވަގުތީ ގޮތުން ހައްލުކުރަން ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށާއި އަންނަ ހަފްތާ އެ މަސައްކަތް ނިންމާލާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހާއްސަކޮށް މާފަންނުގެ މަގުތަކަށް މި މަސައްކަތުގައި އިސްކަން ދޭނެ ކަމަށެވެ. މިކަމަށް ދާއިމީ ހައްލެއް ލިބޭނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއުގެ ދަށުން މާލޭގެ މަގުތައް ހަދާ ނިމުމުން ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖެއަށް މިހަފްތާ ކުރީކޮޅު ކުރި ވިއްސާރައިގައި ރަށްރަށުގައި ވެސް ފެންބޮޑުވެ ގެއްލުންތައް ލިބިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެކަންކަމަށް ވެސް ހައްލު ހޯދަން ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ވިއްސާރާގައި ށ. ފޯކައިދޫ އަދި ކ. ގުރައިދޫގެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. މިނިސްޓަރު ވިދާޅުވީ ހެދުނު އެސެސްމެންޓްތަކުން އެއްކުރެވުނު މައުލޫމާތުގައި، ރަށްރަށުގައި ނަރުދަމާ އަޅާފައިވާ ގޮތުން ގޭގެއަށް ނަޖިސްވެސް ވަދެފައިވާ ކަމަށެވެ.

"އެންމެ ބޮޑު މައްސަލައަކަށް ވަނީ ބިން ހިއްކުމުގެ މަސައްކަތްތައް ކުރެވޭއިރު ފުރަތަމަ ފަށައިގެން މަސައްކަތް ނިންމާލާއިރު ކުރަން ޖެހޭ ބައެއް ކަންތައްތައް ނުކޮށް ދޫކޮށްލުން ނުވަތަ ރަށްރަށުގެ އާންމުންގެ ހިޔާލާ މަޝްވަރާއާ އެކީގަ ބައެއް ކަންތައްތަކަށް ގެނެވޭ ބަދަލުގެ ސަބަބުން، މިސާލަކަށް ކޯރެއް އޮންނަން ޖެހޭ ތަނެއްގަ ކޯރެއް ނެތި ފަސްއަޅާފަ އޮތީމަ ވަރަށް ބޮޑެތި ގެއްލުންތައް އެބަ ލިބޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މަޝްރޫއުތައް ހިންގާއިރު ސަރުކާރާއި މަސައްކަތް ކުރާ ފަރާތާ ދެމެދު މިފަދަ ކަންކަމާ މަޝްވަރާކޮށް އިސްކަން ދޭނެ ކަމަށެވެ.

ވިއްސާރަ ވުމުން މާލޭގައި ފެންބޮޑުވާ މައްސަލައަކީ ޒަމާނުއްސުރެ ކުރިމަތިވަމުން އަންނަ ކަމެކެވެ. ދުވަސްކޮޅު ކޮޅުން މާލެ ސިޓީ ކައުންސިލުން ކާނުގަނޑުތައް ސާފު ކުރެ އެވެ. ނަމަވެސް ފެންބޮޑުވާ މައްސަލައަށް ހައްލެއް ނުލިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.