އިންޑިއާ ސިފައިން ފައިބާ ނިމުމާ ދިމާކޮށް ޒަމީރު އިންޑިއާއަށް ވަޑައިގަންނަވަނީ

މި ދަތުރު ކުރައްވާއިރު ރާއްޖެ- އިންޑިއާގެ ގުޅުމުގައި އެންމެ ބޮޑު މައްސަލައަކަށް ވެފައި އޮތް އިންޑިއާ ސިފައިންގެ މައްސަލާގައި ދެ ގައުމުން އެއްބަސްވެފައިވާ ގޮތަށް މި މަހުގެ 10 ވަނަ ދުވަހުގެ ކުރީން ހުރިހާ ސިފައިން ރާއްޖެއިން ފައިބާ ނިމޭނެ އެވެ

މިނިސްޓަރު ޒަމީރު އަދި މިނިސްޓަރު ޖައިޝަންކަރު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާ ނިމޭ ހިސާބާ ދިމާކޮށް އަންނަ އަންގާރަ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އަވަށްޓެރި އިންޑިއާއަށް ވަޑައިގެންފާނެ ކަމަށް އިންޑިއާގެ ނޫސްތައް ބުނެފި އެވެ. 

ޒަމީރު މި ދަތުރުފުޅު އިންޑިއާއަށް ކުރައްވައިފި ނަމަ އެއީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ހަވާލުވެވަޑައިގެންނެވި ފަހުން އެ މަނިކުފާނުގެ ސަރުކާރުގެ އިސްވެރިޔަކު އިންޑިއާއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަރުފުޅަށް ވާނެ އެވެ. ރައީސް މުއިއްޒު ވެސް އަދި އިންޑިއާއަށް ރަސްމީ ދަތުރުފުޅެއްވެސް، ފުރަމާނަ ދަތުރުފުޅެއްވެސް ނުކުރައްވަ އެވެ.

އިންޑިއާ މީޑީއާގައި ބުނަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސަ ޒަމީރު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވައި މި މަހުގެ ނުވަ ވަނަ ދުވަހު / އަންނަ ބުރާސްފަތީގައި ދިއްލީއަށް ވަޑައިގަންނަވާ ކަމަށެވެ. އަދި މިނިސްޓަރުގެ ފުރަތަމަ އިންޑިއާ ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި މިހާތަނަށް އޮތް ހީނަރު ގުޅުން އަލުން ބަދަހި ކުރުމަށް ދިގުކޮށް މަޝްވަރާތައް ބާއްވާނެ ކަމަށެވެ.  

މީގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރުގެ މަޝްވަރާއިން ދެ ގައުމުގެ ގުޅުންތައް ހަރުދަނާ ކުރުމާއެކު ރާއްޖޭގައި އިންޑިއާއިން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނޭ ގޮތަށް ގިނަ ކަންކަމުގައި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވޭނެ މަގަށް މަޝްވަރެާ ކުރައްވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

މިނިސްޓަރު ޒަމީރުގެ މި ދަތުރާ ގުޅޭ ގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ފޮރިން މިނިސްޓަރީން ބުނެފައެއް ނުވެއެވެ. 

މި ދަތުރު ކުރައްވާއިރު ރާއްޖެ- އިންޑިއާގެ ގުޅުމުގައި އެންމެ ބޮޑު މައްސަލައަކަށް ވެފައި އޮތް އިންޑިއާ ސިފައިންގެ މައްސަލާގައި ދެ ގައުމުން އެއްބަސްވެފައިވާ ގޮތަށް މި މަހުގެ 10 ވަނަ ދުވަހުގެ ކުރީން ހުރިހާ ސިފައިން ރާއްޖެއިން ފައިބާ ނިމޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.