މިދިއަ 24 ގަޑިއިރުގެ ތެރޭ ގާޒާއިން 33 މީހަކު މަރާލައިފި

މިދިއަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ 34،568 މީހުން މިހާތަނަށް މަރާ ޝަހީދުވެފައި ވެއެވެ. އަދި 77،765 މީހުން ޒަހަމްވެފައިވެ އެވެ.

އިޒުރޭލު ސިފައިން ފަލަސްތީނުގެ ގާޒާގައި ދޭ ހަމަލާތަކުގައި މިދިއަ 24 ގަޑި އިރުގެ ތެރޭގައި އިތުރު 33 މީހަކު މަރާލައިފި އެވެ. 

އިޒުރޭލު ސިފައިންގެ ހުއްޓާ ނުލާ ދޭ ހަމަލާތަކުގައި 24 ގަޑިއިރުގެ ތެރޭ 33 މީހުން ގަޒާއިން މަރާލި އިރު 70 އާ ގާތް ކުރާ އަދަދަށް އަންހެނުންނާއި ކުޑަކުދީން ހިމެނޭ ގޮތުން މީހުން ޒަހަމްވެފައި ވެއެވެ. 

ފަލަސްތީނުގެ ސިއްހަތާބެހޭ މިނިސްޓަރީން ވެސް ވަނީ މި މިދިއަ 24 ގަޑިއިރުތެރޭގައި އިޒްރޭލުގެ އުދުވާންތަކުން އެއަދަށް ގާޒާއިން މީހުން މަރާ ޝަހީދު ކޮށްފައިވާ ކަމަށް ބުނެފަ އެވެ. އަދި އެ މިނިސްޓަރީން ބުނާ ގޮތުން ވަރަށް ގިނަ ބަޔަކު ސުންނާފަތި ވެފައިވާ އެކި ތަންތަނުގައި ތާށިވެފައި ވެސް އެބަތިއްބެވެ. 

މި ހަނގުރާމައިގައި ގާޒާގެ އާބާދީގެ ބޮޑު ބައި ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަމަށް ޖެހިފައިވާއިރު މިދިއަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ 34،568 މީހުން މިހާތަނަށް މަރާ ޝަހީދުވެފައި ވެއެވެ. އަދި 77،765 މީހުން ޒަހަމްވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.