މިއަދުން ފެށިގެ މޫސުން ރަނގަޅުވާނެ: މެޓް

މެޓް އޮފީހުން ބުނީ އަނެއްކާވެސް އަންނަ ހަފްތަ ނިމޭ ހިސާބުގައި ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކުރެވޭ ކަމަށެވެ.

ވިއްސާރަ ދުވަހެއްގެ ފޮޓޯއެއް: މެޓް އޮފީހުން ބުނީ މިއަދުން ފެށިގެން މޫސުން އަލިވާން ފަށާނެކަމަށް -- މިރާ

މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފި އެވެ. 

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ގިނަ ހިސާބުތަކަށް އާންމު ގޮތެއްގައި މޫސުން ރަނގަޅު ވާނެ ކަމަށާއި، ކޮންމެ ވެސް ވަރަކަށް ކެރީގެ އަސަރު ކުރުމާއި ގުގުރުން އެކަށީގެންވާ ކަމަށެވެ. 

ރާއްޖޭގެ ހުރިހާ ހިސާބަކަަށް ވެސް ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ފަސް މޭލާއި 15 މޭލާ ދޭތެރޭގެ ބާރު މިނެއްގައި ކަމަށް ވެސް މެޓު އޮފީހުން ބުންޏެވެ. 

ކުރިއަށް އޮތް ދެތިން ދުވަހު ވެސް މޫސުން ރަނގަޅު ވާނެ ކަމަށް މެޓުން ލަފާކުރެ އެވެ. ދެން މޫސުން ގޯސް ވާނެ ކަމަށް ލަފާ ކުރަނީ އަންނަ ހަފުތާގެ ފަހުކޮޅުގައި ކަމަށް އެ އިދާރާއިން ބުނެ އެވެ. 

މިދިޔަ  ހަފުތާ ބަންދުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ވަރަށް ގަދައަށް ވިއްސާރަކުރި އެވެ. އެގޮތުން އިއްޔެ ވެސް ށ. ފޯކައިދޫއަށް ވަރަށް ގަދައަށް ވާރޭވެހި، ގެތަކަކަށް ފެން ވަދެގެން ސިފައިން ހަރަކާތްތެރިވި އެވެ. 

މި ދުވަސްވަރަކީ ދެ މޫސުން ބެދޭ ދުވަސްވަރެވެ. ކޮންމެ އަހަރެއްގެ ޑިސެމްބަރުން، މޭ މަހުގެ މެދެއްހާ ހިސާބަށް ވިއްސާކުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.