ކުޑަ އަންދާޒާއެއް | ބިދޭސީއަކު 4،000 ޑޮލަރު، އަހަރަކު ބައިބިލިއަން ޑޮލަރު ގެންދޭ

ބޯހިމެނުން ދައްކާ ގޮތުގައި ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދަކީ ބިދޭސީންގެ އަދަދަކީ 132،492 އެވެ. މި އަދަދުން ބަލާނަމަ ބިދޭސީއެއް 4,422 ޑޮލަރު ބޭރުކޮށްފައިވާނެ އެވެ.

  • ހިސާބެއް ޖެހުމުން ބިދޭސީއަކު 4،000 ޑޮލަރު ބޭރުކުރާކަން އެނގޭ

ބިދޭސީން ރާއްޖޭން ބޭރުކުރާ ފައިސާގެ ހަގީގީ އަދަދެއް ނޭނގެ އެވެ. ސަބަބަކީ ރާއްޖެ މަސައްކަތް ކުރަން އައިސް "އަމިއްލަ" މަސައްކަތުގައި އުޅެން ބިދޭސީންނަށް ހައްދެއްނެތި ދީފައިވާ ފުރުސަތު ފުޅާ ކަމެވެ. އެކަމަކު އެމްއެމްއޭ އިން އެންމެ ފަހުން ނެރުނު މައުލޫމާތު ތަކަށް ބަލާއިރު ރަސްމީ ހިސާބު ތަކުން ދައްކަނީ ރާއްޖޭން ބޭރުކުރި ޑޮލަރު އަދަދު ބައި ބިލިއަން ޑޮލަރަށްވުރެ މަތިކަމެވެ. 

އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން މުސާރައިގެ ގޮތުގައި 587.2 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާ) ވަނީ ބޭރު ކޮށްފަ އެވެ. ނަމަވެސް 2022 ވަނަ އަހަރު މި އަދަދުހުރީ 564.6 މިލިއަން ޑޮލަރުގަ އެވެ. އެހެންވެ މިއީ ކުޑަ ނަމަވެސް އިތުރުވުމެކެވެ. 

ފަސް އަހަރު މުސާރައަށް ބޭރުކުރި ފައިސާ (މިލިއަން ޑޮލަރުން)

  •  2019 ވަނަ އަހަރު - 595.4
  •  2020 - ވަނަ އަަހަރު - 395.9
  •  2021 ވަނަ އަހަރު - 495.7
  •  2022 ވަނަ އަހަރު - 564.6
  •  2023 - ވަނަ އަހަރު 587.2

އެންމެ ގިނަ ފައިސާ ބޭރު ކުރަނީ ބަންގާޅީން

އެންމެ ގިނައިން ރެމިޓެންސް ބޭރުކުރި ގައުމުތައް

އަހަރުން އަހަރަށް ބަލާއިރު ބިދޭސީން މުސާރައިގެ ގޮތުގައި ބޭރުކުރާ އަދަދު ދަނީ ހަލުވިކަމާއެކު އިތުރުވަމުންނެވެ. ރާއްޖޭގައި ރަސްމީކޮޑް ރެމިޓެންސް ހިދުމަތް ދޭން މިވަގުތު ހަރަކާތްތެރިވާ އައިލެންޑް ފައިނޭންޝަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާއި އެންބީއެލް މަނީ ޓްރާންސްފާ (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ އެކަންޏެވެ. މި ނޫން ގޮތްގޮތަށް ވެސް ބިދޭސީން ބޭރަށް ފައިސާ ފޮނުވަ އެވެ.

އެމްއެމްއޭގެ ރިޕޯޓް ދައްކާ ގޮތުގައި މިދިޔަ އަހަރު ބޭރަށް ފައިސާ ފޮނުވުމުގެ 84،000 މުއާމަލާތް ކޮށްފައިވެ އެވެ. ފައިސާ ފޮނުވާ ދެ ކުންފުނި މެދުވެރިކޮށް 70 މިލިއަން ޑޮލަރު (ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ) ވަނީ ބޭރަށް ފޮނުވާފަ އެވެ. 

މި ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރަށްވުރެ ބޭރުކުރި ފައިސާ ވަނީ 68 ޕަސެންޓް އިތުރުވެފަ އެވެ. ރާއްޖޭގެ މުސާރައިގެ ގޮތުގައި ބޭރަށް ފައިސާ ފޮނުވާ އެންމެ ބޮޑު އާބާދީއެއް އޮތީ ގިނަ ބަޔަކު މަސައްކަތް ކުރާ ބަންލަދޭޝްގެ އެވެ. އެ ގައުމުގެ ރައްޔިތުން ވަނީ މިދިޔަ އަހަރު ރާއްޖޭގެ ބޭރަށް ފޮނުވި ފައިސާގެ 46 ޕަސެންޓް ހިއްސާ ކޮށްފަ އެވެ.

ޑޮލަރު ބޭރުވި ގައުމުތައް

  •  ބަންގްލަދޭޝް - 46 ޕަސެންޓް
  •  ނޭޕާލް - 9 ޕަސެންޓް
  •  ފިލިޕީންސް - 8 ޕަސެންޓް
  •  މިސްރު - 7 ޕަސެންޓް
  •  އިންޑިއާ - 6 ޕަސެންޓް
  •  އެހެނިހެން - 24 ޕަސެންޓް
ބިދޭސީންގެ ނަމްބަރު - ބޯހިމެނުން ދައްކާ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ދިވެހިން އެއްކޮށް އާބާދީއަކީ 515132 މީހުންނެވެ. މީގެތެރޭގައި ތިބި ދިވެހިންގެ އަދަދަކީ 382،630 އެވެ. އަދި ބިދޭސީންގެ އަދަދަކީ 132،492 އެވެ. ނަމަވެސް 2014 ގެ ބޯހިމެނުން ދައްކާ ގޮތުން އޭރުގެ ބިދޭސީ އާބާދީއަކީ 63،000 އެވެ. މި އަދަދު ބަލާނަމަ މިދިޔަ އަހަރު ބިދޭސީއެއް އެވްރެޖުކޮށް 4,422 ޑޮލަރު ބޭރުކޮށްފައިވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.