ވަރުގަދަ ފިޔަވަޅެއް: ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ވަގުތުން ޑީޕޯޓް ކޮށްލަނީ

"ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް އެފަދަ ބޭރުމީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކުރަން މިހާރު ވަނީ ފަށައިގެންފައެވެ،"

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންތަކެއް: ބިދޭސީންގެ ވިޔަފާރި ނެޓްވޯކްތައް އޮތީ ވަރަށް ފުޅާކޮށް -- ދަ މިރާ

ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް ވިޔަފާރި ކުރަމުން ގެންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް އެފަދަ ބޭރު މީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްޗކުރަން މިހާރު ފަށައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ބައިނަލްއަގްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބު ގައެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވީ އާމްދަނީ ހޯދަން މަސައްކަތް ކުރުމުގެ ފުރުސަތު، ދިވެހީންނަށް އިތުރަށް ފަހިކޮށް ދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާ ނުކުރެވޭނެ 22 ދާއިރާއެއް މި ސަރުކާރުން ކަނޑައަޅައިފައިވާ ކަމަށެވެ.

އަދި ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް ވިޔަފާރި ކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް އެފަދަ ބޭރު މީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓް ކުރަން މިހާރު ފަށައިގެންފައިވާ ކަމަށެވެ. އަޅައިނުލައި ހައްލެއް ނުހޯދައި އެތައް އަހަރެއްވެފައިވާ މިފަދަ ކަންކަން މުޅީން ހައްލު ކުރެވޭނީ ގިނަ ދުވަހުން ހުއްޓުމެއްނެތި ބެލެހެއްޓުމާއެކު ގާނޫނު ތަންފީޒު ކުރުން ދަމަހައްޓައިގެން ކަމަށް ވެެސް ރައީސް ވިދާޅުވި އެވެ.

"... ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް އެފަދަ ބޭރު މީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކުރަން މިހާރު ވަނީ ފަށައިގެންފައެވެ،" މޭޑޭގެ ހިތާބުގައި ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް ވިޔަފާރި ކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް އެފަދަ ބޭރު މީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓް ކުރަން މިހާރު ފަށައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއިރު ބިދޭސީންގެ ވިޔަފާރި ނެޓްވޯކް ވަރަށް ބޮޑަށް ވަނީ ފުޅާ ކޮށްފަ އެވެ.

ބައެއް ވިޔަފާރިތަކުގެ ފުލް ކޮންޓްރޯލް އޮތީ ބިދޭސީންގެ އަތްމަތީ އެވެ. ގާނޫނަށް އޮޅުވާލަން ދިވެއްސެއްގެ ނަމާ ފޮޓޯ ބޭރަށް ދައްކައި ބިދޭސީން އިސްވެ ތިބެ ހިންގާ ވިޔަފާރިތައް ވެސް ވަރަށް ގިނަ އެވެ. ވަރަށް ފުޅާކޮށް ވިޔަފާރި ހިންގާ އިންޑިއާ، ބަންގްލަދޭޝް އަދި ސްރީލަންކާ މީހުން ރާއްޖޭގައި އުޅެ އެވެ.

މީގެ އިތުރުން ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު ވެސް އެތައް ހާހަކަށް އަރަ އެވެ.

މައްސަލަ ހައްލު ކުރަން ޕްރޮގްރާމެއް

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހާއްސަ ޕްރޮގްރާމެއް މިއަދު ފަށާނެ އެވެ. ޕްރޮގްރާމް ފެށުން އޮތީ ހިންމަފުށީ ގައެވެ.

ހުރިހާ ރަށެއްގައި އެ މަސައްކަތް އެއް ފަހަރާ ވަރަށް އަވަހަށް ފަށާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފަ އެވެ.

އެ ޕްރޮގްރާމްގެ ދަށުން އެ ރަށްރަށުގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށް ހުރިހާ ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގާ ފޮޓޯ ނަގާނެ ކަމަށެވެ. އެ މަސައްކަތް ކުރާނީ ކައުންސިލްތަކާއި ފުލުހުން ގުޅިގެން ކަމަށް ވެސް ވިދާޅުވި އެވެ. 

ކޮމެންޓް

1
450
އަލީބެ
1 week ago

ފިޔަވަޅަކަށްވާނީ އެކަމެއް ހިނގަންފެށީމަ ކުރަންފެށީމަ. ކަމެއްކުރަން ނިންމާނިންމުމާ ހިތައްއަރާ އެއްޗަކަށް ފިޔަޅެކޭ ނުކިޔާނެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.