ކޮޅުވެއްޓި ބަންޑުން ޖަހާލުން: މަރުވީ މަލިކު މީހެއް

ނާޖިހު ވިދާޅުވި ގޮތުގައި މަރުވީ މަލިކު މީހެކެވެ. އޭނާ އަކީ މަލިކު ކެނޑިފާޓި އަވަށު ކަޑަފަތްގޭ ޝާހިދު ނަމަކަށް ކިޔާ މީހެއް ކަމަށް ވިދާޅުވި އެވެ.

މިއަދުގެ ހާދިސާގައި މަރުވި މީހާ

ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެން ކަނޑުވެ، މިއަދު މަރުވީ މަލިކަށް ނިސްބަތްވާ މީހެއް ކަމަށް އެނގިއްޖެ އެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާއިރު އޭގައި ފަސް މީހުން ތިއްބެވެ. އެކަކު ގެއްލުނީ އެވެ. އޭނާ ފެނުނީ ސިފައިން ހޯދަމުން ދަނިކޮށެވެ. އޭރު އެ މީހާ ވަނީ މަރުވެފައެވެ. ސިފައިން ބުނީ އެއީ ބިދޭސީއެއް ކަމަށެވެ.

ތާރީހު ދިރާސާ ކުރާ ބޭފުޅެއް ކަމަށްވާ ނާޖިހު ދީދީ ވަނީ މިއަދު މަރުވި މީހާގެ ވަނަވަރާއި ފޮޓޯ އާންމުކޮށްފައެވެ. ނާޖިހު ވިދާޅުވި ގޮތުގައި މަރުވީ މަލިކު މީހެކެވެ. އޭނާ އަކީ މަލިކު ކެނޑިފާޓި އަވަށު ކަޑަފަތްގޭ ޝާހިދު ނަމަކަށް ކިޔާ މީހެއް ކަމަށް ވިދާޅުވި އެވެ. އެ ޒުވާނާގެ ފޮޓޯއެއްވެސް ހިއްސާ ކޮށްފައިވެ އެވެ.

ނާޖިހު އަކީ މަލިކަށް ޒިޔާރަތްކޮށް އެ ރަށުގެ މީހުންނާއި ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

މަލިކަކީ ކުރީން ރާއްޖޭގެ ރަށެކެވެ. މިހާރު އިންޑިއާގެ ރަށެއްގެ ގޮތުގައި އޮތް މަލިކު މީހުން ވާހަކަ ދައްކާ ލިޔެ އުޅެނީ ދިވެހި ބަހުންނެވެ. ދިވެހީންގެ ހުރިހާ އާދަކާދަޔަކާ ސަގާފަތެއް އެމީހުންގެ ތެރޭގައި އެބަ އޮތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.