މީޑިއާތަކަށް އިންޒާރު ދިނުން ސަރުކާރުން ކުށްވެރިކޮށްފި، ދިނީ ހިޔާމަތުގެ ޔަގީންކަން

ދިވެހި މީޑިއާތަކާ ނޫސްވެރީންގެ ހިމާޔަތު ގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާ އެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށާ މީޑިއާތަކަށް ދޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެބިނެޓް ބައްދަލްވުމުގައި

މީސް މީޑިއާ ގައި އަދި ފޯނު މެދުވެރިކޮށް ކާކުކަން ދެނެނުގަނެވޭ ގޮތަށް ފޮރުވިގެން ތިބެ ރާއްޖޭގެ ބައެއް މީޑިއާތަކަށް ބަޔަކު އިންޒާރު ދެމުން ދާތީ ސަރުކާރުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި އެވެ.

ރާއްޖެ ޓީވީ އާއި ޗެނަލް 13 ގައި ހުޅުޖަހާ އަންދާލާނެ ކަމަށް އިންޒާރުދީ ރައީސް މުއިއްޒު ޕްރޮމޯޓް ކުރުމުގެ މަސައްކަތުގައި އުޅޭ ބައެއް މީހުންނަށް މަރުގެ އިންޒާރު ދަނީ ދެމުންނެވެ. އިންޒާރުގެ މެސެޖުތައް ފޮނުވަނީ ފޭކު އައިޑީތަކުންނެވެ.

ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ ދިވެހި މީޑިއާތަކާ ނޫސްވެރީންގެ ހިމާޔަތު ގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާ އެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށާ މީޑިއާތަކަށް ދޭ ކަމަށެވެ.

ފޮރުވިގެން ތިބެ ނޫސްވެރީންނަށާ މީޑިއާތަކަށް އިންޒާރު ދެމުންދާތީ އެކަމުގެ ތަހުގީު ދިވެހި ފުލުހުންގެ އިދާރާ އިން މިހާރު ފަށާފައިވާ ކަމަށާ އެކަން އެކުރާ ބަޔަކު ދެނެގަތުމަށް ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތަކާ ގާބިލްކަމެއްގެ ބޭނުންކޮށްގެން މަސައްކަތް ކުރަމުން ދާނެ ކަމަށް ވެސް ބުންޏެވެ.

"އެއްވެސް މީޑިއާއަކަށް ނުވަތަ ނޫސްވެރިއަކަށް ބިރުދެއްކުމުގެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ހިންގަމުންދާނަމަ ނުވަތަ އެފަދަ ކަމެއް ކުރަން އުޅޭކަމުގެ މައުލޫމާތެއް ލިބިވަޑައިގެންފައިވާ ނަމަވެސް ގައުމީ މަސްލަހަތު އިސްކުރެއްވުމުގެ ޒިންމާ ކޮންމެ ދިވެހި ރައްޔިތަކު ވެސް އަދާކުރައްވައި އެކަން ފުލުހުންނަށް އަވަހަށް ރިޕޯޓް ކުރެއްވުމަށް މި ފުރުސަތުގައި އިލްތިމާސް ކުރަމެވެ،"

ރައީސް އޮފީހުން ބުނީ ނޫސްވެރީންގެ އަޑުއަހައި މީޑިއާތަކުގެ މަސައްކަތް ކުރިއަރުވައި ޒިންމާދާރުކަމާއެކު ހަބަރާ މައުލޫމާތު ފެތުރުމަށް ފުރުސަތު ދިނުމަކީ މި ސަރުކާރުން އަބަދުވެސް ނަގަހައްޓާނޭ ސިޔާސަތެއް ކަމަށެވެ. އަދި ނޫސްވެރިންނަށާ މީޑިއާތަކަށް ބިރުދައްކައި ގައުމުގެ އަމްނަށް ނުރައްކާ ވާނެ ގޮތަށް ކުރާ ކޮންމެ ކަމެއް ހުއްޓުވައި ދިވެހި މުޖްތަމައުގެ މަސަލަސްކަމާ ހަމަޖެހުން ހިފެހެއްޓުމުގައި ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާ އަކުން ވެސް ވަފާތެރިކަމާ އިހްލާސްތެރި ކަމާއެކު ރެޔާދުވާލު މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.