ހައްޖު ފަންޑު އުފައްދާ ހައްޖަށް ގެންދާ އަގު ކުޑަކުރުމުގެ މަސައްކަތް ފަށަައިފި

ހައްޖު ފަންޑުން އެކިއެކި އިންވެސްޓްމަންޓްތައް ކޮށް ކުންފުޏަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދައި މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް އެ ކޯޕަރޭޝަން ހެދުމުގެ މަަސައްކަތް ފަށާފައިވާ ކަމަށެވެ.

ސައުދީން ރާއްޖެއަށް ދޭ ރަސްމީ ކޯޓާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރުމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީ އާއި ހައްޖު ކޯޕަރޭޝަން ލިމިޓެޑް އާއި ދެމެދު އެއްބަސްވުން ގާއިމު ކުރުން

ހައްޖުގެ އަޅުކަމަށް ދިއުމަށް ދިއުމަށް ކުރާ ހޭދަ ކުޑަކުރުމަށް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްތަކާ އެކު ހައްޖު ދަތުރުތަކުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ހައްޖު ކޯޕަރޭޝަނުން ފަށާފައިވާ ކަމަށް ބުނެފި އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް މިރޭ ވިދާޅުވީ ހައްޖު ފަންޑުގެ ނަމުގައި ހާއްސަ ފަންޑެއް ގާއިމްކޮށް ހައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށާ އެ ވައުދު ފުއްދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެގޮތުން ހައްޖު ފަންޑުން އެކިއެކި އިންވެސްޓްމަންޓްތައް ކޮށް ކުންފުޏަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދައި މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް އެ ކޯޕަރޭޝަން ހެދުމުގެ މަަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ހައްޖަށް ދިއުމަށް ދިވެހި ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަށް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްތަކާ އެކު ހައްޖު ދަތުރުތަކުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ހައްޖު ކޯޕަރޭޝަނުން ފަށައިފި ކަމަށެވެ.

މިހާރު ހައްޖުގެ އަޅުކަމަށް ދިއުމަށް 69،000 ރުފިޔާ ދައްކަން ޖެހެ އެވެ. ބައެއް ކުންފުނިތަކުން ހައްޖަށް މީހުން ގެންދަނީ 69،000 ރުފިޔާގެ އަގެއް ބޭރަށް ދައްކައިގެން ނަަމަވެސް ޖުމްލަ އަދަދު ލައްކައަކަށް ވުރެ ގިނަ އެވެ. އެފަދަ ކަންކަމާއި ގުޅިގެން ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ކޯޕަރޭޝަނަށް ދޭން ސަރުކާރުން ވަނީ ނިންމާފައެވެ. 

އާންމުކޮށް ރާއްޖެ އަށް ލިބެނީ 1000 ހައްޖު ޖާގަ އެވެ. އޭގެ ތެރެއިން 600 ކޯޓާ ދެނީ ހައްޖު ކޯޕަރޭޝަނަށެވެ. އަނެއް 400 ކޯޓާ ދެނީ އަމިއްލަ ކުންފުނިތަކަށެވެ. ކޮންމެ ކުންފުންޏަކަށް 100 ޖާގަ އެވެ. ނަަމަވެސް މިއަހަރުން ފެށިގެން ދެން ހުރިހާ ކޯޓެއް ދޭނީ ހައްޖު ކޯޕަރޭޝަނަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.