ހުޅުވައިދޭންވީ ވިޔަފާރީގެ ދޮރުތައް، ނޫނީ އަމިއްލަ މަސައްކަތް ކުރުމުގެ ރޫހު ކެނޑި ދާނެ: އަލައިކާ

އަލައިކާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ ޓެކްސް ފައިސާ އިން ޒުވާނުން މުސާރަވެރި ކުރުމުގެ ބަދަލުގައި އުފެއްދުންތެރި ޒުވާނުން ބިނާކޮށް ހުޅުވަދޭންވީ ވިޔަފަރީގެ ދޮރުތަކެވެ.

ދަ ޑިމޮކްރެޓްސްގެ ނާއިބު ރައީސް އާޝިޔަތު އަލައިކާ އަދުނާން: މިހާރުގެ ހާލަތާމެދު ކަންބޮޑުވުން ފާޅު ކުރެއްވި

ބިނާކުރުވަނި އުފެއްދުންތެރި ޒުވާނުން ބިނާކޮށް ހުޅުވައި ދޭންވީ ވިޔަފަރީގެ ދޮރުތައް ކަމަށާ ނޫން ނަމަ ޅަދަރިންގެ ކިޔެވުމުގެ ރޫހާއި އަމިއްލަ މަސައްކަތް ކުރުމުގެ ރޫހު ކެނޑި ހިނގާދާނެ ކަމުގެ ބިރު ބޮޑު ކަމަށް ދަ ޑިމޮކްރެޓްސްގެ ނާއިބު ރައީސް އާޝިޔަތު އަލައިކާ އަދުނާން ވިދާޅުވެއްޖެ އެވެ.

އަލައިކާ މިހެން ވިދާޅުވީ އާ ވަޒީފާތައް އުފެއްދުމާއި ގުޅޭގޮތުން ޔޫތު މިނިސްޓަރު ރޭ ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައެވެ. އަލައިކާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ ޓެކްސް ފައިސާ އިން ޒުވާނުން މުސާރަވެރި ކުރުމުގެ ބަދަލުގައި އުފެއްދުންތެރި ޒުވާނުން ބިނާކޮށް ހުޅުވަދޭންވީ ވިޔަފަރީގެ ދޮރުތަކެވެ. އަދި އާމްދަނީ އިތުރުވާނެ ފުރުސަތުތަކެވެެ. އެއީ ދައުލަތުގެ ބަޖެޓަށް ވެސް ލުއިވާނެ ގޮތް ކަމުގައި ވިދާޅުވި އެވެ.

"ފިކްސްޑް ސެލެރީއެއްގެ ދަންތޫރައިގައި ޒުވާނުން ޖެއްސީމަ އުފެއްދުންތެރިން ދަށްވާނެ،"

މީގެ އިތުރުން ރާއްޖޭގައި ދިރިއުޅުމުގެ ހަރަދުތައް ދުވަހުން ދުވަހަށް ބޮޑުވަމުންދާކަން ފާހަގަ ކުރައްވާ އަލައިކާ ވަނީ މުދަލާ ހިދުމަތުގެ އަގުތައް ހިފެހެއްޓުމެއް ނެތި ބޮޑުވަމުންދާއިރު މުއްސަނދިންނާއި ނިކަމެތިންގެ ފަރަގު އިންތިހާ އަށް ތަފާތުވަމުންދާ ކަމަށް ވިދާޅުވި އެވެ. ރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާއިރު ކިޔަވައިގެން ތިބި މީހުންނާއި ތަޖުރިބާކާރުންނަށް ލިބޭ ފުރުސަތު ދުވަހުން ދުވަހަށް ދަނީ ހަނިވަމުން ކަމަށް ވެސް ވިދާޅުވި އެވެ.

"ފެންވަރަށް އިލްމަށް ހިލްމަށް ބެލުމެއް ނެތި ފުރުސަތު ފުޅާވެގެން ދަނީ ސަރުކާރަށް ނުވަތަ މެންބަރުންނަށް ސަނާ ކިޔާ ފަރާތްތަކަށް،" އަލައިކާ ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސްގެ ނާއިބު ރައީސް އާޝިޔަތު އަލައިކާ އަދުނާން

ޒުވާން ސިޔާސީ ބޭފުޅުންގެ ތެރޭން ވަރަށް ފާހަގަ ކޮށްލެވޭ އަލައިކާ ވިދާޅުވި ގޮތުގައި ގިނަ ދާއިރާތަކުން މިއަދު ފެންނަ މަންޒަރަކީ ދައުލަތުގެ ކުންފުނިތަކުގެ ވަޒީފާތަކަށް ސަރުކާރަށް ސަނާ ކިޔާ އަދި މެންބަރު ރުހޭ މީހުން ހައްދެއް ނެތް މިންވަރަށް ނަގަމުންދާ މަންޒަރެވެ. އަދި އެ ދާއިރާތައް ހިންގުމުގައި ސިޔާސީ ގޮތުން އިސް ސަފުގައި ތިއްބަވާ ބޭފުޅުން ފާޅުކަން ބޮޑު ގޮތެއްގައި ރައީސްއަށާއި މެންބަރަށް ޝުކުރާއި ސަނާކިޔާ ބޭއިންސާފު ނޯމަލައިޒް ވެގެންދާ ތަނެކެވެ.

"ދައުލަތުގެ އެއްވެސް މުދަލެއް އެއްވެސް ހިދުމަތެއް އެއްވެސް ވަޒީފާއެއް ބެހުމުގައި ރައްޔިތުންނަށް ލިބިދެވެން ވާނީ އިންސާފާއި ހަމަހަމަ ކަމާއެކު،" އަލައިކާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ގައުމުގެ ހާލަތު ބަދަލުވާ ގޮތުން އަދުގެ ޒުވާނުންނާއި ޅަދަރިންގެ ކިބައިން ކިޔެވުމުގެ ރޫހާއި އަމިއްލަ މަސައްކަތް ކުރުމުގެ ރޫހު ކެނޑި ހިނގާދާނެ ކަމުގެ ބިރު ބޮޑެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.