ފަހުމީއަށް ވެސް އަލުން މަގާމު ދީފި

ފަހުމީއަށް އަލުން މަގާމު ދެއްވި އިރު ޓޫރިޒަމް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރަކަށް މި ސަރުކާރުން އައްޔަންކޮށް 48 ގަޑިއިރު ފަހުން މަގާމުން ވަކި ކުރި، މުންއިމް އަނީސަށް ވެސް ވަނީ މަގާމް ދީފަ އެވެ.

މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ މަގާމަށް އައްޔަނު ކުރެެެއްވި މުހައްމަދު ފަހުމީ ހަސަނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު

ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ފަހު މަގާމުން ވަކިކުރި މުހައްމަދު ފަހުމީ ހަސަނަށް އަނެއްކާ ވެސް ފޮރިން މިނިސްޓަރީގެ މަގާމް ދެއްވައިފި އެވެ.

ފަހުމީއަށް ސްޓޭޓް މިނިސްޓަރުކަން ފުރަތަމަ ދެއްވީ ނޮވެމްބަރު 20، 2023 ގައެވެ. އެ މަގާމުން އޭނާ ވަކި ކުރީ އޭގެ ހަތަރު ދުވަސް ފަހުންނެވެ. ވަކި ކުރީ އޭނާ އައްޔަން ކޮށްގެން ފާޑުކިޔުންތައް އަމާޒު ވެގެނެވެ.  އޭނާއަށް ފާޑުކިޔުން އަމާޒު ކުރީ ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވި ކުރިން މައްސަލަ ބަލައި އޭރު ހުންނެވި މަގާމުން ވަކިކޮށްފައި އޮވެގެނެވެ. އެކަމަކު، އެ މައްސަލައިގެ ފަހުން ސުޕްރީމް ކޯޓުން 2013 ވަނަ އަހަރު ނިންމީ ފަހުމީ މަގާމުން ވަކިކުރީ ގޯސްކޮށް ކަމަށެވެ.

އޭގެ ފަހުން މެލޭޝިއާގައި ހުންނަވާ ސަފީރުގެ މަގާމު ވެސް ފަހުމީ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފުރުއްވައިފަ އެވެ.

އަލުން ފަހުމިއަށް ސްޓޭޓް މިނިސްޓަރުކަން ދިން ތާރީހެއް ރައީސް އޮފީހަކުން ނުބުނެ އެވެ.

ފަހުމީއަށް އަލުން މަގާމު ދެއްވި އިރު ޓޫރިޒަމް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރަކަށް މި ސަރުކާރުން އައްޔަންކޮށް 48 ގަޑިއިރު ފަހުން މަގާމުން ވަކި ކުރި، ޏ. ފުވައްމުލަކު މިސްކިތްމަގު, މާވޭދު، މުންއިމް އަނީސަށް ވެސް މި މަހުގެ 23 ވަނަ ދުވަހު ވަނީ މަގާމް އަލުން ވަނީ ދީފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.