އަންނަ އަހަރު ސުކޫލު ބޮޑު ޗުއްޓީ ރޯދަ މަސް ތެރެއަށް

ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ރޯދަ މަސް ފެށޭނީ ފެބްރުއަރީ 28 ވަނަ ދުވަހު އެވެ. ރޯދަ މަހުގެ ފަހު 10 ސަރުކާރު ބަންދުވާއިރު، ބޮޑު ޗުއްޓީއަށް ހަދާފައި ވަނީ ފަހު 10 ވަންނަ ގޮތަށެވެ.

ސްކޫލް ދަރިވަރުންތަކެއް: ދެން ފެށޭ ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ރޯދަ މަހަށް އަންނަ ގޮތަށް އެކެޑެމިކް ކަލަންޑަރު ވަނީ ބަދަލުކޮށްފައި -- މި

އަންނަ މަހުގެ 26 ވަނަ ދުވަހު ފަށާ ދިރާސީ އާ އަހަރުގެ ކިޔެވުން ނިންމާލައި ބޮޑު ޗުއްޓީ ރޯދަ މަހާ ދިމާވާ ގޮތަށް އެކެޑެމިކް ކަލަންޑަރަށް ބަދަލު ގެނައުމަށް ފަހު މިއަދު އާންމު ކޮށްފި އެވެ.

މިނިސްޓްރީން ފުރަތަމަ އާންމު ކުރި ކަލަންޑަރުގައިވާ ގޮތުގައި، އަންނަ މަހު ފެށޭ އާ ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ބޮޑު ޗުއްޓީ ފެށޭނީ އަންނަ އަހަރުގެ ފެބްރުއަރީ 23 އިން މާޗް ހަ ވަނަ ދުވަހަށެވެ. އަދި 2025 ވަނަ އަހަރުގެ ކިޔެވުން ފެށޭނެ ކަމަށް އޭރު އޮތީ މާޗް މަހުގެ ނުވަ ވަނަ ދުވަހު އެވެ.

ނަމަވެސް މިއަދު އާންމު ކޮށްފައިވާ "ފައިނަލް" ކަލަންޑަރުން ދައްކާ ގޮތުގައި ޗުއްޓީ ވަނީ ފަހަތަށް ޖައްސާފަ އެވެ. 

  •  ދިރާސީ އަހަރު ފެށުން: މޭ 26، 2024
  •  ފުރަތަމަ ޓާމް އެގްޒާމް: 8 - 21 ސެޕްޓެމްބަރު އަށް
  •  ފުރަތަމަ ޓާމް ޗުއްޓީ: 29 ސެޕްޓެމްބަރު - 3 އޮކްޓޯބަރު އަށް
  •  ދެވަނަ ޓާމް ފެށުން: އޮކްޓޯބަރު 6، 2024
  •  ދެވަނަ ޓާމް އެގްޒާމް: 15 - 27 ފެބްރުއަރީ 2025 އަށް
  •  ބޮޑު ޗުއްޓީ: 9 މާޗް - 3 އޭޕްރީލް 2025 އަށް

އެކެޑެމިކް ކަލަންޑަރުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2025 އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ އޭޕްރީލް 6، 2025 ގައެވެ. 

ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ރޯދަ މަސް ފެށޭނީ ފެބްރުއަރީ 28 ވަނަ ދުވަހު އެވެ. ރޯދަ މަހުގެ ފަހު 10 ސަރުކާރު ބަންދުވާއިރު، ބޮޑު ޗުއްޓީއަށް ހަދާފައި ވަނީ ފަހު 10 ވަންނަ ގޮތަށެވެ. 

ސަރުކާރުން ވަނީ 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީން ފެށިގެން ފަށަން ނިންމާފަ އެވެ. އަދި އަންނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރަށް ހަދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެހެން ކަމުން 2025 އަހަރުގެ ކިޔެވުން އެ އަހަރުގެ ޑިސެމްބަރުގައި ނިންމާލާނެ ކަމަށް ބެލެވެ އެވެ.

މިހިނގާ 2024 - 2023 ދިރާސީ އަހަރުގެ ކިޔެވުން ނިމި މިއަދަކީ ރިޕޯޓު ދޭ ދުވަހެވެ. މާދަމާއިން ފެށިގެން އަންނަ މަހުގެ 25 ވަނަ ދުވަހާ ހަމައަށް އޮތީ ބޮޑު ޗުއްޓީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.