ކޮޅުވެއްޓި ބަންޑުން ޖަހާލުން: ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

އެމްއެންޑީއެފް ސާޗް އޮޕަރޭޝަން ކުރިއަށް ގެންދަނިކޮށް އޭނާ ފެނިފައި ވަނީ ކޮޅުވެއްޓީގެ ދަށުންނެވެ. ފެނުނު އިރު އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ.

ބަންޑުމް ޖަހާލި ލޭންޑިން ކްރާފްޓު؛ ކަނޑުވެ ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ -- ފޮޓޯ: އެމްއެންޑީއެފް

ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެން ކަނޑުވެ، ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. 

އެމްއެންޑީއެފް އިން ބުނީ އެ ކޮޅުވެއްޓީގައި ތިބި ފަސް މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަނިކޮށް ފެނުނީ ކޮޅުވެއްޓީގެ ދަށުގައި ވަނިކޮށް ކަމަށެވެ. އޭނާ މޫދުން ނެގި އިރު ވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. 

މި ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. އޭގެ ފަހުން އެމްއެންޑީއެފްއިން ދިޔައި ގެއްލުނު އެ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ބާކީ ތިބި ހަތަރު މީހުން ސަލާމަތް ކުރީ ކަނޑުވެފައި ތިއްބައި، ފަތިހުގެ ވަގުތެއްގަ އެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި އެމީހާގެ ހަށިގަނޑު ކ. ކާށިދޫ ހެލްތު ސެންޓަރަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. 

މި ހާދިސާ ހިނގާފައި ވަނީ ރ. އަތޮޅުގައި އޮންނަ ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެ އަންނިކޮށެވެ. ހާދިސާ ހިނގި ވަގުތެއް އަދި، ކޮޅުވެއްޓި ބަންޑުން ޖަހާލި ސަރަހައްދެއް އެމްއެންޑީއެފުން ނުބުނެ އެވެ. 

މި ހާދިސާ ހިނގި އިރު މުޅި ރާއްޖެއަށް ވެސް މި ދުވަސްވަރު މޫސުން ގޯހެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.