ބީއެމްއެލްއަށް ފުރަތަމަ ކުއާޓާގައި 493 މިލިއަން ރުފިޔާގެ ފައިދާއެއް

ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ އިގުތިސާދީ ހާލަތު ދަށަށް ދިޔަ ނަމަވެސް ބެންކުގެ ވިޔަފާރީގައި ހަލުވި ދުވެލި ދެމެހެއްޓިފައިވާ ދެމެހެއްޓިފަ އެވެ.

ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ

ގައުމީ ބޭންކް، ބީއެމްއެލްއަށް މި އަހަރުގެ ފުރަތަމަ ތިން މަހު ސާފު ފައިދާގެ ގޮތުގައި 493 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ ބޭންކުން އާއްމުކުރި ފުރަތަމަ ކުއާޓާގެ ރިޕޯޓުން ދައްކާ ގޮތުގައި މި އަހަރުގެ ސާފު ފައިދާ ދަށްވި ނަމަވެސް ރަނގަޅު ފައިދާއެއް ލިބިފައިވެ އެވެ.

މި ކުއާޓާގައި ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވަނީ ކުރިއެރުން ލިބިފަ އެވެ. އާއްމުންނާއި ވިޔަފާރިތަކަށް މި ކުއާޓާގައި 967 މިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްލައިފި އެވެ.

ބީއެމްއެލްގެ ފުރަތަމަ ކުއާޓާގެ ރިޕޯޓާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ އިގުތިސާދީ ހާލަތު ދަށަށް ދިޔަ ނަމަވެސް ބެންކުގެ ވިޔަފާރީގައި ހަލުވި ދުވެލި ދެމެހެއްޓިފައިވާ ކަމަށެވެ. 

ބެންކުގެ ސްޓްރެޓެޖީ ހާސިލްކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ޕާސަނަލް ލޯނާއި ފައިނޭންސިން އަށް ވަގުތުން އެޕްރޫވަލް ލިބޭނެގޮތް ލޯންޗްކުރެވި، ބޭންކިން ވިއުގަ ފުޅާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރިކަން ފާހަގަކުރެއްވި އެވެ. އަދި މި ފަދަ މަސައްކަތްތަކުގެ ނަތީޖާއިން ސްޓްރެޓެޖީ ހާސިލްކުރުމުގައި ރަނގަޅު ކުރިއެރުމެއް ބެންކަށް ލިބިފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

ބީއެމްއެލް އިން ބުނީ މުޅި ރާއްޖެ އަށް ބޭންކިންގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތާއި މުޖުތަމައަށް އިންވެސްޓް ކުރުމަށް ބޭންކުން ހިންގާ ޕްރޮގްރާމްތައް މި ކުއާޓާގައި ވެސް ހިންގާފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން ހުޅުމާލެ ފޭސް 2، ކ. ގުޅި އަދި ވ. ކެޔޮދޫގައި ވަނީ ސެލްފް ސާވިސް ބޭންކިން ހިދުމަތް ފަށާފައިވާކަން ބެންކުން ފާހަގަކުރެ އެވެ. މި އަހަރުގެ ޖެނުއަރީ މަހު ބޭންކުން ވަނީ ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓު ދަށްކޮށް 2.5 ޕަސެންޓަށް ކުޑަކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.