މި ސަރުކާރުން ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ނަސީރު އައްޔަން ކުރެއްވީ މިދިޔަ ޑިސެމްބަރު 12 ގަ އެވެ.
ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރަކަށް ހުންނެވި ކުރީގެ ގަވަރުނަރު، އަހުމަދު ނަސީރު ފޮރިން މިނިސްޓްރީ އަށް ބަދަލުކޮށްފި އެވެ.
މިނިސްޓަރުގެ ފެންވަރުގައި އެޑްވައިޒަރުކަން ދިން ނަސީރު ހަމަޖައްސާފައި ވަނީ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށެވެ. ނަސީރުގެ އިތުރުން ފިނޭންސް މިނިސްޓްރީގައި މިނިސްޓަރުގެ ފެންވަރުގައި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވެސް ހުންނަވަ އެވެ.
މި ސަރުކާރުން ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ނަސީރު އައްޔަން ކުރެއްވީ މިދިޔަ ޑިސެމްބަރު 12 ގަ އެވެ.