ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިގެން މީހަކު ގެއްލިއްޖެ

އެމްއެންޑީއެފުން ބުނީ "ލިއޯ ޕާލް" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި، އޭގައި ހުރި ބިދޭސީއަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ.

ބަންޑުމް ޖަހާލި ލޭންޑިން ކްރާފްޓު؛ އެމްއެންޑީއެފް އިން އަންނަނީ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން -- ފޮޓޯ: އެމްއެންޑީއެފް

ރ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރު ކުރަމުން ދިޔަ ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި، އެއިން މީހަކު ގެއްލިއްޖެ އެވެ. 

އެމްއެންޑީއެފުން ބުނީ "ލިއޯ ޕާލް" ނަމަކަށް ކިޔާ މި ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލި އިރު އޭގައި ތިބި ފަސް މީހުންގެ ތެރެއިން އެކަކު އަދިވެސް ނުފެންނަ ކަމަށެވެ. ގެއްލިގެން ހޯދަމުން އަންނަނީ އެ ލޭންޑިން ކްރާފްޓުގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނެކެވެ. 

އެމްއެންޑީއެފުން ބުނީ ބާކީ ތިބި ހަތަރު މީހުން ސަލާމަތް ކުރީ ކަނޑުވެފައި ތިއްބައި، ފަތިހުގެ ވަގުތެއްގައި ކަމަށެވެ. 

ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް މިހާރު އެމްއެންޑީއެފް އިން ކުރަމުން އެބަ ދެއެވެ. އެ އޮޕަރޭޝަނުގައި ބޭނުން ކުރަނީ އެމްއެންޑީއެފްގެ ފާސްޓު އިންޓާސިޕްޓާ ކްރާފްޓު "ހަކުރާ" އެވެ. 

މިހާރު މިފަދަ އޮޕަރޭޝަންތަކުގައި މީހުންނާއި އުޅަނދުތައް ހޯދުމަށް ސިފައިންގެ އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ބޭނުންކުރެ އެވެ. މި އޮޕަރޭޝަނުގެ އެ ވަސީލަތް ބޭނުންކުރާ ކަމަކަަށް އެމްއެންޑީއެފް އިން އަދި ނުބުނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.