ސަރުކާރުން ޒަމާނީ ޓެކްސީ ހިދުމަތެއް ފަށާނެ އިޝާރާތެއް

މިނިސްޓަރު އަމީން ވިދާޅުވީ މި ޓެކްސީ ލައިން ވެގެންދާނީ އާރުޓީއެލް ފަދަ ހިދުމަތަށެވެ. މާބޮޑު ތަފުސީލެއް މިނިސްޓަރު ނުދެއްވަ އެވެ.

މާލޭގައި ދުއްވާ ޓެކްސީއެއް: ޓެކްސީ ހިދުމަތަކީ މާލޭގައި ވަރަށް ބޮޑު މައްސަލައެއް -- ފައިލް ފޮޓޯ

ޒަމާނަށް ފެތޭ، ފުރިހަމަ ޓެކްސީ ހިދުމަތެއް ސަރުކާރުން ފަށަން އުޅޭ ކަމުގެ އިޝާރާތެއް ޓްރާންސްޕޯޓް މިނިސްޓަރު ދެއްވައިފި އެވެ. 

ޓެކްސީ ޑްރައިވަރުންގެ ބޯ ހަރުކަމާ ހެދި އެއްވެސް ސަރުކާރަކަށް ހައްލު ނުވެ އޮތް ޓެކްސީގެ ހިދުމަތުގެ މައްސަލަ ހައްލު ގެންނަން މި ސަރުކާރުން ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ކުރު ތަފުސީލެއް ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހަންމަދު އަމީން ވިދާޅުވީ ޒަމާނީ ޓެކްސީ ލައިނެއް ހަދަން މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ޓެކްސީ ލައިން ވެގެން ދާނީ އާރުޓީއެލް ފަދަ ހިދުމަތަކަށް ކަމަށެވެ. 

ރައީސް އޮފީހުން އިންތިޒާމުކުރި "އަހާ ފޯރަމް" ގައި މިނިސްޓަރު ވިދާޅުވީ މި ޓެކްސީ ހިދުމަތް ދޭނީ އިލެކްޓްރިކް ޓެކްސީގައި ކަމަށާ، މިހާރު ޓެކްސީ ހިދުމަތުގައި ތިބި ފަރާތްތަކަށް ވެސް މި ހިދުމަތާ ގުޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. 

ޓެކްސީ ޑްރައިވަރުންގެ މައްސަލަ ހައްލު ކުރަން އެކި ސަރުކާރުތަކުން ތަފާތު ފިޔަވަޅުތަކެއް އެޅި އެވެ. އެކަމަކު މި މައްސަލައިގެ ހައްލު ލިބިފައެއް ނެތެވެ. ޓެކްސީ ޑްރައިވަރުން އަގު ނަގަނީ އެމީހުން ބޭނުން ގޮތަކަށެވެ. ސަރުކާރުން ކަނޑައަޅާ އަގަކަށް ދުވަހަކު ވެސް އެމީހުން ތަބައެއް ނުވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.