ފަސް މަހުން މަސްވެރީންނަށް 850 މިލިއަން، ނުދެވި އޮތީ 27 މިލިއަން

ފައިސާގެ ބޮޑު ބެގްލޮގެއް އުފެދިގެން ގޮސްފައި ވަނީ ރައީސް ސޯލިހުގެ ވެރިކަމުގައި ރިޔާސީ އިންތިހާބާ ދިމާކޮށް މަހުގެ އަގު 25ރ. އަށް ބޮޑު ކުރުމުންނެވެ.

ފިޝަރީޒް މިނިސްޓަރު މިރޭގެ ފޯރަމް ގައި ވާހަކަ ދައްކަވަނީ

މި ސަރުކާރުން މިހާތަނަށް މަސްވެރީންނަށް 850 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާ މިހާތަނަށް ދޫނުކުރެވި ވަނީ 27 މިލިއަން ރުފިޔާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރީންނަށް ނުދީ އޮތެވެ. އެ ފައިސާ ދޫކުރަމުން އަދި ކިރުވާ މަހަށް ވެސް ފައިސާ ދިޔައީ ދޫކުރަމުންނެވެ. ނަމަވެސް ފަހުން ވަރަށް ބޮޑު ބެކްލޮގެއް އުފެދުނެވެ. 

މަސްވެރީން ކިރުވާފައިވާ މަހަށް ނުދީ ހުރި ހުރިހާ ފައިސާ އެއް ދީ ބެކްލޮގް އެއްކޮށް ކްލިއާ ކުރީ މާޗް މަހުގެ 11 ވަނަ ދުވަހުޖ އެވެ. ނަމަވެސް އޭގެ ފަހުން ވެސް ފައިސާ ދޫކުރުން ފަސްވެ ބެކްލޮގެއް ވަނީ އުފެދިފައެވެ. 

މިރޭ އޮތް "އަހާ" ފޯރަމްގައި އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް މިވީ ފަސް މަސް ދުވަހުގެ ތެރޭގައި މަސްވެރީންނަށް 850 މިލިއަން ދޫކޮށްފައިވާ ކަމަށެވެ. އަދި މިވަގުތާއި ހަމައަށް 27 މިލިއަން ނުދެއްކި އެބަ އޮތް ކަމަށެވެ. އެ ފައިސާ ވެސް ވަރަށް އަވަހަށް ދޫކުރާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެންނަށް މި ދެއްކޭނެ އަދަދެއް ނޫން. އިރާދަކުރެއްވިއްޔާ މިފްކޯ އިން މި ފައިސާ މަސްވެރިންނަށް ދައްކާނެ،"

މަސްވެރި އުޅަނދެއް ގައި މަސްވެރީން ހަރަކާތްތެރިވަނީ -- ފޮޓޯ: ޒުވާން މަސްވެރިޔާ

ކިރާ މަހަށް އެންމެ ލަސް ވެގެން 48 ގަޑިއިރު ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެއްސުން އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ކުރީން އޮތް ބޮޑު ބެގްލޮގް ފިލުވުމަށް ފަހު ރައީސް މުއިއްޒު ވަނީ ބެކްލޮގް ފިލުވާލުމަށް ފަހު ދެން އޮތީ ކިރާ މަހަށް އެންމެ ލަސް ވެގެން 48 ގަޑިއިރު ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވިދާޅުވެފައެވެ. އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

މަހުގެ ބެކްލޮގެއް އުފެދުނީ - މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ބޮޑު ބެގްލޮގެއް މަސްވެރިކަން ރަނގަޅު ދުވަސްވަރު އުފެދިގެން ގޮސްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހުކޮޅު ނިމިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް މަހުގެ އަގު 25ރ. އަށް ބޮޑު ކުރުމުންނެވެ. މިކަން ކުރި ސަބަބެއްގެ ގޮތުގައި ބުނީ އީޔޫއީން މަހުގެ ޑިއުޓީ ކަނޑާލަން ތައްޔާރުވުމެވެ. އެކަމަކު މިއީ ބޮޑު ދޮގެއްކަމަަށް މިކަމުގައި އިސްކޮށް އުޅުއްވާ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

މިކަމުގެ ސަބަބުން ސަރުކާރަށް ވަނީ މަސްވެރިންގެ ބެގްލޮގް ސާފު ކުރަން ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ. އަދި ޕްރަވެޓް ސެކްޓަރު ކުންފުނިތަކުން ވަނީ ކިލޯއަކުން 12ރ. ޓަަނަކުން ހާހެއްހާ ޑޮލަރުގެ ބޮޑު ގެއްލުމެއްވާތީ މަސް ގަތުން ހުއްޓާލާފަ އެވެ. އަދި މުޅިރާއްޖޭގެ ޕްރެޝަރު މިފްކޯއަށް އައިސް ވަނީ ސަލާމަތް ނުވާވަރުވެފަ އެވެ. މިކަމުގެ ސަބަބުން ޕްރައިވެޓް ކުންފުނިތަކަށް ގެއްލުންވެ އެ ކުންފުނިތަކުން މަސް ގަތުން ހުއްޓާލަން ޖެހުނެވެ. އަދި މި ދުވަސްވަރަކީ މަސްވެރިކަމަށް ރަނގަޅު ދުވަސް ވަރަކަށްވުމާއެކު މަސްވެރިން ދިޔައީ މަސް ބާނަމުންނެވެ. ނަތީޖާއަކީ ބެކްލޮގެއް އޮއްވައި ގިނަ އަދަދެއްގެ ފައިސާ މިފްކޯއިން ދޭން ޖެހި އެ ކުންފުނީގެ މާލިއްޔާ އަށް ލޮޅުން އެރުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.