މި މާރާމާރީ ގައި ދެ މީހަކަށް ވަނީ އަނިޔާވެ ފައެވެ. އެ ދެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލް ގައި ދަނީ ފަރުވާ ދެމުންނެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ހުޅުމާލޭ ފޭސް އެކެއްގައި ދެ ގުރޫޕެއްގެ މެދުގައި މާރާމާރީއެއް ހިންގާފައިވާ ކަމަށެވެ. އެ މާރާމާރީގެ ރިޕޯޓް ފުލުހަށް ލިބުނީ މިރޭ 9:00 ހާއިރު ކަމަށް ވެސް ބުންޏެވެ.
މި މާރާމާރީ ގައި ދެ މީހަކަށް ވަނީ އަނިޔާވެ ފައެވެ. އެ ދެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލް ގައި ދަނީ ފަރުވާ ދެމުންނެވެ.
އެ ދެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ސާފެއް ނުވެ އެވެ.
ފުލުހުން ބުނީ މާރާމާރީ ހިނގި ސަރަހައްދު ގައި ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.