ދެތިން މަސް ތެރޭ ކްރިމިނަލް ކޯޓްގެ އާ އިމާރާތް ނިމޭނެ، ވާނުވާ ބަންދަށް ހައްލެއް ލިބޭނެ

"ވާނުވާ" ބަންދުގައި ހަތަރު ފަސް އަހަރު ވެފައިވާ މީހުން ވެސް އެބަތިބި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން -- މި

ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ގާއިމްކުރާ ކްރިމިނަލް ކޯޓުގެ އާ އިމާރާތުގެ މަސައްކަތް ދެތިން މަސް ތެރޭގައި ނިންމާ އެ ކޯޓާ ހަވާލުކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިރޭ ބޭއްވި މިނިސްޓަރުންގެ "އަހާ" ފޯރަމުގައި "ވާނުވާ" ބަންދު ނިމުމަކަށް ގެންދާނެ ދުވަހަކާ ގުޅޭ ގޮތުން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި "ވާނުވާ" ބަންދުގައި ގިނަ ދުވަސްތަކެއް ވަންދެން މީހުން ބައިތިއްބަން ޖެހޭ މައިގަނޑު ސަބަބަކީ ޖިނާއީ އަދުލުގެ ނިޒާމު ލަސްވުން ކަމަށެވެ. އެކަން ދިމާވަނީ ކްރިމިނަލް ކޯޓުގައި 12 ގާޒީން ތިބޭއިރު އެމީހުންނަށް މަސައްކަތް ކުރާނެ ޖާގަ ނެތުމުންކަން ފާހަގަކުރެއްވި އެވެ.

ސަރުކާރުން ކޯޓުގެ އާ އިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލާއި، އެތަން ކޯޓާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން ވާނެ ވާނުވާގެ އެންމެ ގިނަ ދުވަސްވީ މީހުންގެ މައްސަލަތައް ހިމެނޭ މައްސަލަތަކުގެ ލިސްޓެއް އަރުވާފަ، މި މައްސަލަތައް އަވަސް ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްއަށް ވެސް އަދި އަޅުގަނޑަށް އެނގިފަވާ ގޮތުގަ ކޯޓްތަކަށް ވެސް އެ ލިސްޓު ވަނީ ފޯރުކޮށްދީފަ،" މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޯޓުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރާއިރު ތަހުގީގަށް މީހުން ބަންދުގައި ބައިތިއްބާ މައްސަލައަށް މިހާރު ހައްލު ގެނެސްދެވިފައިވާ ކަމަށެވެ. އެގޮތުން ތަހުގީގުތައް ފުލުހުން ކުރިއަށްވުތެ އަވަހަށް ނިންމާ ކަމަށް ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑަށް ކެރިގެން ދެންނެވޭނެ ފުލުހުންގެ ތަހުގީގު މިހާތަނަށް ނުވާހާ އަވަސް އަޅުގަނޑުމެން ކޮށްފިން. އަދި ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެން ބަލާނަން އަދި އެއަށްވުރެ ވެސް އަވަސް، އެންމެ ދުވަހަކު ވެސް މީހަކު ހުކުމެއްގަ ނޫން ގޮތަކަށް ޖަލުގެ ތޭރިތަކުގަ ބެހެއްޓުމަކީ އަޅުގަނޑުމެންގެ ވިސްނުމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

"ވާނުވާ" ބަންދުގައި ހަތަރު ފަސް އަހަރު ވެފައިވާ މީހުން ވެސް އެބަތިބި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި، ކޯޓްގެ އާ އިމާރާތާއެކު އެކަމަށް ހައްލު ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓްގައި ޝަރީއަތްތައް ހިންގުން މަޑުޖެހިފައި ވަނީ މާލެއަށް ބޯކޮށް ވާރޭވެހި ކްރިމިނަލް ކޯޓު ހިންގާ އިމާރާތަށް ފެނުގެ އަސަރުކޮށް ޝަރީއަތްތައް ނުހިންގޭ ވަރަށް އިމާރާތަށް ގެއްލުންވެފައިވާތީ އެވެ. އެ އިމާރާތް ކޮވިޑް ފެސިލިޓީއަށް ބަދަލުކުރަން ނިންމީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.