ޑްރޯންތަކުގެ ތަފްސީލު ހޯދާ 241 ކޮމެޓީ ބައްދަލުވުން ސިއްރު

ޑޮރޯންތަކާ ބެހޭ ތަފްސީލު ހޯދަން އިދިކޮޅު މެމްބަރުން ހުށަހަޅާފައި މިވަނީ، އަވަށްޓެރި ގައުމަކުން މާ އަގު ހެޔޮކޮށް ޑްރޯން ދޭން ހުށަހަޅާފައިވާ ކަމަށް ތުހުމަތުކޮށެވެ.

ސިފައިންގެ ވައިގެ ބާރުގެ ޑްރޯން އެއް: ޑްރޯންތަކުގެ ތަފްސީލު ހޯދަން ޑިފެންސް މިނިސްޓަރު 241 ކޮމެޓީއަށް ހާޒިރުކުރަން ވަނީ ނިންމާފައި -- މި

ރާއްޖޭގެ ވައިގެ ސަރަހައްދު ބަލަހައްޓަން ތުރުކީ ވިލާތުން ގެނައި ޑްރޯންތަކުގެ ތަފްސީލު ހޯދުމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން 241 ކޮމެޓީއަށް ހާޒިރުކޮށް، އެ ބައްދަލުވުން ސިއްރު ކުރަން ނިންމައިފި އެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ޣައްސާން މަޖިލީހަށް ހާޒިރުކޮށް މެމްބަރުން ވަނީ ޑްރޯންތަކުގެ ހަރަދާއި، ތުރުކީވިލާތާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުންތަކާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް ކޮށްފަ އެވެ. އެ ދުވަހު މިނިސްޓަރު ވިދާޅުވެފައި ވަނީ އެ ތަފްސީލުތައް ހޯދަން 241 ކޮމެޓީން އެދިއްޖެނަމަ ހިއްސާ ކުރައްވާނެ ކަމަށެވެ.

މި މައްސަލައިގައި މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ ޑިފެންސް މިނިސްޓްރީގެ ސިއްރު ސިޓީއެއް ލިބިފައިވާ ކަމަށެވެ. އެ ސިޓީގައި ބަޔާން ކޮށްފައިވާ ގޮތުގައި ޑްރޯންތަކުގެ މަރުކާ އަދި އުފެއްދި ކުންފުނީގެ ނަން އޮތް ނަމަވެސް ހަރަދު ފަދަ އިތުރު މައުލޫމާތުތައް ދެވޭނީ ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގަ އެވެ.

އެހެންވެ، އެ މައުލޫމާތުތައް ހޯދަން މިނިސްޓަރު ކޮމެޓީއަށް ހާޒިރުކޮށް، އެ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ. ކޮމެޓީއަށް ހާޒިރުވި މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ އެ ގޮތަށް ފާސް ކޮށްފަ އެވެ.

ޑޮރޯންތަކާ ބެހޭ ތަފްސީލު ހޯދަން އިދިކޮޅު މެމްބަރުން ހުށަހަޅާފައި ވަނީ، އަވަށްޓެރި ގައުމަކުން މާ އަގުހެޔޮކޮށް ޑްރޯން ދޭން ހުށަހަޅާފައިވާ ކަމަށް ތުހުމަތުކޮށެވެ. އެ ދުވަހުގެ ޖަލްސާގައި މިނިސްޓަރާ އެ ސުވާލު ކުރެއްވުމުން އޭނާ އެ ތުހުމަތުތައް ދޮގު ވެސް ކުރެއްވި އެވެ.

ކޮމެންޓް

1
450
އަހުމަދު އަލީ
2 weeks ago

އަވަށްޓެރި އިންޑިއާއިން އޮތީ އަގުހެޔޮކޮށް ޑްރޯން ދޭން ބުނެފަ،. އަދި ޑްރޯން ދުއްވަން 100 އެއްހާ ސިފައިން ތިބެން ޖެހޭނެ ކަމަށް އަންގާފަ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.